ކ. މާލެ
|
24 އޭޕްރިލް 2019 | ބުދަ 16:43
ޕަބްޖީ އަންލިމިޓެޑް ޕެކޭޖެއް ތައާރަފްކުރުން
ޕަބްޖީ އަންލިމިޓެޑް ޕެކޭޖެއް ތައާރަފްކުރުން
އުރީދޫ
އުރީދޫ މޯލްޑިވްސް
އުރީދޫއިން ޕަބްޖީ އަންލިމިޓެޑް ޕެކޭޖެއް ތައާރަފްކޮށްފި
އުރީދޫ އިން ވަނީ ތިން ޑޭޓާ ޕެކޭޖެއް ތައާރަފްކޮށްފައި

އުރީދޫއިން މޮބައިލް ގޭމް ކުޅުންތެރިންގެ ބޭނުންތަކަށް ވިސްނައި، ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް މަޤްބޫލުކަން ހޯދާފައިވާ ޕަބްޖީ ކުޅުމަށް ޚާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފިއެވެ.

މީގެތެރޭގައި، ޕަބްޖީ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ތަޢާރަފްކުރި 250ރ. އަށް ލިބިގެންދާ ޕަބްޖީ އަންލިމިޓެޑް ޕެކްއަކީ މުޅިން އަލަށް ތަޢާރަފްކުރި ޕެކްއެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ޕަބްޖީ އަކީ ރާއްޖޭގައި އެންމެ މަޤުބޫލުކަން ހޯދާފައިވާ އެއް ގޭމު ކަމަށާއި އަދި މި ގޭމު ކުޅުމުގައި، އާއިލާ އާއި ރައްޓެހިންނާއި އެކު ގިނަ އަދަދެއްގެ ވަގުތު ކަސްޓަމަރުން ހޭދަކުރަމުންދާއިރު އުރީދޫގެ 4ޖީ+ ނެޓްވަރކް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޑޭޓާ ބޭނުންކުރާގޮތް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ޕަބްޖީ ޕެކްތަށް އެހީތެރިވެ، އެކުވެރިންނާއި އެކު ބޭނުން ވަގުތަކު ޕަބްޖީ ކުޅުމަށް ފަސޭހަކޮށްލަދޭ ކަމަށެވެ.

ޕަބްޖީ މޮބައިލް ކުރުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކާއި އެކު، އުރީދޫ އިން ވަނީ ތިން ޑޭޓާ ޕެކޭޖެއް ތައާރަފްކޮށްފައެވެ.

އެގޮތުން ޕަބްޖީ50، 1ޖީބީގެ ޑާޓާއާއި އެކު 50ރ. އަށް ލިބޭއިރު މިއީ 7 ދުވަހަށް ބޭނުންކުރެވޭ ޕެކޭޖެކެވެ. މީގެ އިތުރުން ޕަބްޖީ100، 2ޖީބީ 30 ދުވަހަށް ބޭނުން ކުރެވޭއިރު، ޕަބްޖީ އަންލިމިޓެޑް 250ރ އަށް 30 ދުވަހަށް ބޭނުން ކުރެވޭނެއެވެ.

ޕަބްޖީ ޕްލޭންތައް ޚިޔާރުކުރުމަށް، މައި އުރީދޫ އެޕް މެދުވެރިކޮށް، ނުވަތަ 5555 އަށް ޕެކޭޖުގެ ކީވޯޑު އެސް.އެމް.އެސް ކުރަން ހަމަޖެހިފައިވާއިރު، *929*5*1#  އަށް ގުޅާލުމުންވެސް، ފަސޭހަކަމާއި އެކު މި ޚިދުމަތް ޚިޔާރުކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް