ކ. މާލެ
|
24 އޭޕްރިލް 2019 | ބުދަ 02:53
މީޑިއާ ޕާރޓްނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކުރަނީ
މީޑިއާ ޕާރޓްނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކުރަނީ
މިއުނާ ހަސަން
ރާޅުގުޑި އތުރުން ދެކުނަށް
ރާޅުގުޑި ހަރަކާތުގެ މީޑިއާ ޕާރޓްނަރަކަށް ރާއްޖެ ޓީވީ
ރާޅުގުޑި ހަރަކާތް ކުރިއަށް ދާނީ އައްޑު އަތޮޅުން ފެށިގެން ހއ. ތުރާކުނާއި ހަމައަށް
ދަތުރުގެ ދިގު މިނަކީ 15 ދުވަސް

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި މޫދަށް ކުނި ނޭޅުމަށް ބާރުއަޅެމުގެ މަގުސަދުގައި ބާއްވާ ރާޅުގުޑި ހަރަކާތުގެ މީޑިއާ ޕާރޓްނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

"ރާޅު ގުޑި ދެކުނުން އުތުރަށް" ހަރަކާތުގެ މެނޭޖަރު މުހައްމަދު ފައިސަލް (ކޭވީ) ބުނީ ހަރަކާތް ކުރިއަށް ދާނީ އައްޑު އަތޮޅުން ފެށިގެން ހއ. ތުރާކުނާއި ހަމައަށް ކަމަށެވެ. ޖޫން އަދި ޖުލައި މަހުގައި ކުރިއަށް ގެންދާ މި ހަރަކާތްގައި ބައިވެރިވަނީ ހަތަރު މީހުންނެވެ. 

ރާޅުގުޑި އިވެންޓު އިންތިޒާމު ކުރާ މާފުށި ޑައިވް އިން ބުނެފައި ވަނީ އައްޑު އަތޮޅުގެ އެންމެ ދެކުނު ބިތުން ތުރާކުނުގެ އެންމެ އުތުރު ބިތަށް ރާޅުގުޑީގައި ފަށާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަސް ކަމަށާއި، މި މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް