ކ. މާލެ
|
20 އޭޕްރިލް 2019 | ހޮނިހިރު 13:12
ޒިމީ ވޯގް ފިހާރަ ރާއްޖޭގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޒިމީ ވޯގް ފިހާރަ ރާއްޖޭގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޒިމީ ވޯގް
އިންޓަނޭޝަނަލް ބްރޭންޑް ޒިމީ ވޯގް ރާއްޖެއަށް ތާރަފްކޮށްފި
މި ބްރޭންޑުގެ 1500 ފިހާރަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރޭ

 ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމަށްވާ " ޒިމީ ވޯގް" ރާއްޖެއަށް ތާރަފް ކޮށްފިއެވެ. 

ޒިމީ ވޯގް އަކީ ކޮރެއާގެ މަޝްހޫރު ބްރޭންޑެކެވެ. މާލޭގެ ސްކެއަރގައި ގައި ހުޅުވާފައިވާ އެ ފިހާރަ ހުޅުވާދެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. 

މި ބްރޭންޑާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ސަންޑްރޮޕްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަަމަށްވާ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވީ މި ބްރޭންޑަކީ ދުނިޔެއަށް މަޝްހޫރު ބްރޭންޑެއް ކަމަށާއި މި ބްރޭންޑުގެ 1500 ފިހާރަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ކަމަށެވެ. އަދި މި ބްރޭންޑް ރާއްޖޭގައި ފުޅާ ކުރުމަށް އިތުރު ފަސް ވަރަކަށް އައުޓްލެޓް ރާއްޖޭގައި ހުޅުވަން ގަސްތު ކުރާ ކަމަށް ވިދާޅުވިއެވެ. އަދި ކޮލެޓީއާއި އެކަށީގެންވާ އަގެއްގައި އެ ބްރޭންޑުގެ ބާވަތްތައް ގަންނަން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ކޮލެޓީ އެކަށީގެންވާ އަގެއް އަޅުގަނޑުމެން އިންނާނެ ޖަހާފައި. ދެން މީގައި މިހާރު އަގަށް ބައްލަވައިލައްވައިފިނަމަ ދުނިޔޭގެ އެހެން ފިހާރަތައް މިހާރު ޒިމީ ވޯގް ގެ އެހެން ފިހާރަތަކާއި މިތަނާ އުޅޭނީ ދާދި އެއް ރޭންޖެއްގައި އަގުތައް" ޝަމާއު ވިދާޅުވިއެވެ. 

ދުނިޔޭގެ ގައުމުތަކުން  އެމެރިކާ، އޮސްޓްރޭލިޔާ، ރަޝިއާ، ޔޫއޭއީ ސަޢޫދީ އަރަބިއްޔާ އަދި އިންޑިއާއާއި އެހެނިހެން ގައުމުތަކުގައި ވެސް މި ބްރޭންޑުގެ ބާވަތްތައް ލިބެން ހުރެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
20 އޭޕްރިލް 2019 | ހޮނިހިރު 08:45
Ali
A thousand and one face palms. Kiyaa nimun iru ves neyge koche vikka thaneh kameh? Vog libaas tho voog rihaakurutho? Vog boxer tho? Vog farumastho?