އޭޕްރީލް މަހުގެ ދެވަނަ ދުވަހު ސައިކަލެއްގެ ވަށިގަނޑަށް ކުޑަ ކުއްޖަކު ލައިގެން ދުއްވި ފުލުސް މީހާގެ ލައިސަންސް އެއް އަހަރު ދުވަހަށް ހިފަހައްޓައިފި ކަމަށް ފުލުހުން ބުނެފިއެވެ.
އާދިއްތަ ދުވަހު ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ފުލުހުންނަށް ހުށައެޅި ތަހުޤީޤު ކުރަމުންދާ ޓްރެފިކް މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއްގައި ހިމެނޭ ތިން ފަރާތަކަށް ޓްރާންސްޕޯރޓް އޮތޯރިޓީން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން ސައިކަލު ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން ދުއްވި ފަރާތުގެ ލައިސަންސް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން 1 އަހަރަށް ހިފާއްޓާފައިވާއިރު، އިތުރު ދެ މައްސަލައެއްގައި ޓްރާންސްޕޯރޓް އޮތޯރިޓީން ވަނީ ހަމަ އެ މާއްދާގެ ދަށުން ފިޔަވަޅު އަޅާފައެވެ.
April 2 vana dhuvahu kuda kujjaku cycle ge vashigadah laigen dhuvvi faraaiy - Mi faraaiy vany Eggamu dhathurufathuruge qaanoonge 63 vana maadhaage (Noonu)ge dhashun 1 aharu dhuvahah license hifahattaafa. (4/4)
— Maldives Police (@PoliceMv) April 14, 2019
އޭގެ އިތުރުން، ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ހައިވޭގެ އިރުމަތީ މޫދު ތޮއްޓަށް އަރައި އެކްސިޑެންޓްވި ހާދިސާއާ ގުޅިގެން އެ ހާދިސާ ހިނގި ވަގުތު ކާރު ދުއްވަން އިން ފަރާތުގެ ލައިސަންސް ވެސް ދެ އަހަރަށް ހިފަހައްޓާފައިވާއިރު، އެ އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭގެ އިރުމަތީ ފަޅީގަ ޖަހާފަހުރި ފެންސް ފަޅާލާފައި ގޮސް އެމަގުގައި ޖަހާފައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިގެން ގޮސް މޫދު ތޮށީގައި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޓްރާންސްޕޯރޓް މިނިސްޓްރީން ފިޔަވަޅު އަޅާފައިވާ އަނެއް މައްސަލައަކީ މާރޗު މަހުގެ 12 ވަނަ ދުވަހު ތިމަރަފުށީ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި، އަންހެނެއް ގައިގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ވޭން ދުއްވަން އިން ފަރާތަށެވެ. އެގޮތުން ވޭން ދުއްވަން އިން ފަރާތުގެ ލައިސަންސްވެސް ވަނީ ދެ އަހަރު ދުވަހަށް ހިފަހައްޓާފައެވެ.
March 12 vana dhuvahu Th.Thimarafushygai higi accident gai van dhuvvi faraariy- Mi faraaiy vany Eggamu dhathurufathuruge qaanoonge 63 vana maadhaage (Noonu)ge dhashun 2 aharu dhuvahah license hifahattaafa.(3/4)
— Maldives Police (@PoliceMv) April 14, 2019
މަހެއް ކުރިން އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވާ ގޮތުން އެ އެކްސިޑެންޓުގައި އަނިޔާވީ އަންހެން މީހާގެ ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް، ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށާއި އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދީފައިވާއިރު، އޭނާވަނީ ކޯމާއެއްގައި ކަމަށް އާއިލާއިން އޭރު ބުނެފައި ވެއެވެ.
ފަހަކަށް އައިސް އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، މަގުމަތީ އެކްސިޑެންޓެއްގައި މީހެއް ފުރާނަ ގެއްލިގެން ނުދިޔަ ނަމަވެސް ފުރާނައަށް ގެއްލުން ވާވަރުގެ ނުވަތަ ބޮޑު އަނިޔާއެއް ލިބޭފަ ފަދަ ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލުމަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.