ގއ. ވިލިގިލީގައި ހުންނަ ޕޮލިސްޓޭޝަން ގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން ފުލުހަކަށް ފަރުވާދޭން ފަށައިފިއެވެ.
އަލިފާން ރޯވި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 11:35 ހާއިރުއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާން ރޯވީ ޕޮލިސްޓޭޝަނުގައި ހުރި ޑީ ބޯޑެއްގައި ކަމަށެވެ.
އަލިފާން ރޯވިތާ މާގިނަ އިރުތަކެއް ނުވެ ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަލިފާނުގެ ދުމުގެ ސަބަބުން އަސަރުކޮށްގެން ތިން ފުލުހަކަށް ގއ. ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިލިނގިލީ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގައި ރޯވެ ދެ ފުލުހަކު ވަނީ ފިހިފައެވެ. އެ އެކޮމޮޑޭޝަން ބްލޮކްވަނީ އިތުރަށް ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.