ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ، އިލެކްޝަންސް ކަމިޝަން (އީސީ) އިން އިއުލާންކޮށް ނިންމާލައިފިއެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިޚާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އީސީއިން އިއުލާން ކުރަން ޖެހޭނެއެވެ. އީސީއިން މި ފަހަރު އިއުލާން ކުރީ ދާއިރާތަކުގެ ނަތީޖާ އެކަންޏެވެ.
ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ވަނީ 65 އަށް ވުރެ ގިނަ ގޮނޑި ލިބިފައެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 44 މެމްބަރުންނެވެ.
މަޖިލިސް އިންތިޚާބުގައި މި ފަހަރު 87 ދާއިރާ އަކަށް މެންބަރުން ހޮވާފައި ވެއެވެ. މިފަހަރުގެ އިންތިޚާބުގައި 264،442 (ދެ ލައްކަ ފަސްދޮޅަސް ހަތަރު ހާސް ހަތަރު ސަތޭކަ ސާޅީސް ދެ) މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު 215،053 (ދެ ލައްކަ ފަނަރަ ހާސް ފަންސާސްތިން) މީހުން ވޯޓުލާފައި ވެއެވެ. އެއީ 81.3 ޕަސެންޓް މީހުންނެވެ.
އީސީ އިން ބުނީ މި ފަހަރުގެ އިންތިޚާބުގެ ބާތިލްވޯޓުގެ އަދަދު އުޅެނީ 2.2 ޕަސެންޓްގައި ކަމަށެވެ.