އދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އަރިޔަދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ މެންދުރު 14:40 ހާއިރު ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން އެރަށުގައި ހަރާކްތެރިވަމުންދާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، ރޭ މާލޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ގެއެއްގެ ތިން ފްލޯގައި ވެސް މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާތީ އެ ގޭ އެންމެންނަށް ސަރުކާރުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ވަނީ ހަމަޖައްސާފައެވެ. އަދި ދާދިފަހުން ވ. ފުލިދޫ ކުނިގޮނޑުގައި އަލިފާން ރޯވެގެން ވެސް އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ.