ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 17:01
އަނުޝްކާ ޝަރުމާ
އަނުޝްކާ ޝަރުމާ
ގޫގުލް
އަނުޝްކާ ޝަރުމާ
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
އެހެން މީހުން ދައްކާ ވާހަކަތަކަށް ސަމާލު ކަމެއް ނުދެން

ބޮލީވުޑްގެ ނުވަ އަހަރުގެ ކެރިއަރުގައި އަނުޝްކާ ވަނީ ނިކަން ގިނަ ކަންތަކެއް ހާސިލުކޮށްފައެވެ. އެންމެ މަޝްހޫރު އެކްޓަރުންނާއެކު މަސައްކަތް ކުރުމުގެ އިތުރުން އޭނާއަކީ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ވެސް ހިންގާ މީހެކެވެ.

އޭނާ ބުނީ މި ހުރިހާ ކަމެއް ވެސް އޭނާއަށް ހާސިލުވީ އޭނާ ކުރާ ކަންތަކާމެދު އެހެން މީހުން ދެކޭނީ ކިހިނެއް ކަމާމެދު އޭނާ އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދޭތީއެވެއަނުޝްކާ އަކީ އޭނާ ހިތަށް އެރި ގޮތަކަށް ކަންތައް ކުރާ މީހެކެވެ. މީހަކު ބުނެގެން ނުވަތަ ބުނެފާނެ ބަހަކަށް ޖެހިލުންވެ އޭނާ ކަމެއް ނުކުރާނެ ކަމަށާއި އެކަމަކީ ރަނގަޅު ކަމެއް ކަމަށް އޭނާއަށް ފެނިއްޖެނަމަ އެކަމެއްގައި ހިނދުކޮޅަކަށްވެސް މަޑުކުރުމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ކާމިޔާބު އެތަކެއް ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ އަނުޝްކާ 35, ކަމެއް ކުރާނީ އޭނާއަށް އެއީ ރަނގަޅު ކަމެއް ނަމައެވެ. އޭނާ ބުނީ އެންމެ 25 އަހަރުގައި ޕްރޮޑިއުސަރަކަށް ވާން ނިންމުމުންވެސް މީހުން ދެކުނީ އޭނާ ކުރަނީ މޮޔަކަމެއް ކަމަށް ކަމަށެވެ. ސަބަބަކީ އޭރު އޭނާގެ ތަރި ބޮލީވުޑްގައި ގަދަޔަށް ފިޔަޖަހަމުން ދިޔުމެވެ. އާންމު ގޮތެއްގައި ބަތަލާއިން ޕްރޮޑަކްޝަނަށް ދަނީ އެކްޓިންގައި އެމީހުންނަށް އިތުރަށް ކުރިއަށް ދެވޭނެ ގޮތެއް ނުވުމުންނެވެ.

ބޮލީވުޑްގައި އަނުޝްކާ ވަނީ އެތައް ކާމިޔާބީ އެއް ހޯދައިފައެވެ. ނަމަވެސް އަނުޝްކާ ބުނީ އޭނާ އެންމެ އުފާ ވަނީ އަމިއްލަ ގެއެއް ގަނެވުނު ދުވަހު ގައި ކަމަށެވެ. އޭނާ ބުނީ އެދުވަހު ވަރަށް ބޮޑު އެއްޗެއް ހާސިލުވި ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

ފިލްމު ކުޅެން ފެށުމުން ލިބުނު މަޝްހޫރު ކަމުގެ ސަބަބުން ފުރަތަމަ ވަރަށް ޖެހިލުންވި ކަމަށް ވެސް އަނުޝްކާ ބުންޏެވެ. އަދި މީސް މީހުން އެހައި ދަންނަ މޫނަކަށް ވުމަކީ ފަސޭހަ ކަމަކަށް ނުވި ކަމަށާއި ކަންތައްތައް ކުރަންވާ ގޮތެއްވެސް އޭރަކު ނޭގޭ ކަމަށް އަނުޝްކާ ބުންޏެވެ.

 

- ކޮމެންޓް