ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 6 ޖެހުމާ އެކު ބައެއް ސަރަހައްދުތަކުން ވޯޓް ފޮށި ބަންދުކުރަން ފަށައިފިއެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން އިރު އޮއްސި 6:00 ޖެހުމާ ހަމައަށް ވޯޓް ލުން ކުރިއަށް ގެންގޮސްފައިވާއިރު، ކިޔުގައި މީހުން ނެތް ސަރަހައްދުތަކުގައި ހުރި ފޮށިތައް މިވަނީ ބަންދުކުރަން ފަށާފައެވެ. އަދި ކިޔުގައި ތިބި މީހުން ވޯޓްލާ ނިމެންދެން އެ ފަރާތްތަކަށް ފުރުޞަތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ފޮށިތައް ބަންދު ކުރުމަށް ފަހު ބައި ގަޑިއިރުފަހުން ވޯޓް ގުނަން ފަށާއިރު މި އިންތިހާބުގައި 87 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރަންޖެހެއެވެ. އިންތިހާބުގެ ވޯޓްލުން ނިމިގެންދިޔައިރު މި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް އީސީން ބުންޏެވެ. އަދި މިއީ އަމާން އޮމާންކަމާއި އެކީ ކުރިއަށްދިޔަ އިންތިހާބެއް ކަމަށް ވެސް އޮބްޒާވަރުންވަނީ ފާހަގަކޮށްފައެވެ.