ރާއްޖޭގައި އެންމެ ފުޅާ ދާއިރާ އެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި، ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން 6 މަސް ދުވަސް ވަންދެން %30 އިތުރު ޑޭޓާ ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ 30 އޭޕްރިލް 2019 ގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100އެމްބީޕީއެސް އަދި އެންމެ ބޮޑު އެކުލެވިގެންވާ ޚިދުމަތެވެ.
ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ދިރާގުންނެވެ. އަދި ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގެ އާބާދީގެ 70 އިންސައްތަ އަށް ފޯރު ކޮށްދީފައެވެ.