Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 16:06
އާރތް އަވަރގެ ހަރަކާތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އާރތް އަވަރގެ ހަރަކާތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
އާރތް އަވަރ
މިއަހަރުގެ އާރތް އަވަރ ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް!
މިއަހަރުގެ އާރތް އަވަރ ހަރަކާތުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ބައިވެރިވޭ

މިއަހަރުގެ އާރތް އަވަރ ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އާރތް އަވަރ މޯލްޑިވްސް އިން ބުނެފިއެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރތް އަވަރ މޯލްޑިވްސް އިން ބުނީ، ދުނިޔެއަަށްޓަކައި އެއް ގަނޑިއިރު ފާހަގަކުރަނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މައުލޫމާތު ފޯރުކޮށްދިނުމާއިއެކު އެކަމުގައި ރައްޔިތުން ބައިވެރިކުރުވުމަށް ކަމަށެެވެ.

މިއަހަރުގެ އާރތް އަވަރ ފާހަގަކުރުމުގައި ރާއްޖޭގެ ހުރިހާ ސުކޫލަތާއި ބެލެނިވެރިންނާއި، ރިސޯޓްތަކާއި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވާނެކަމަށް އާރތް އަވަރ މޯލްޑިވްސްއިން ބުނެއެވެ.

އެގޮތުން ހިންގުމަަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ހިމެނޭ ރަސްމީ ހަރަކާތްކަމުގައިވާ "މެއިން ސްވިޗް އޮފް" ހަރަކާތް މިމަހުގެ 30 ވަނަ ދުވަހުގެރޭ 8.30 އިން 9.30 ކުރިއަށްދާނީ ހދ. ކުޅު ދުއްފުށީގައެވެ. އަދި ހަމަ މާލެއާއި އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބޮކިތައް ނިއްވާލާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، "ކަނެކްޓް އާރތްއެވެ.

މީގެ އިތުރުން އެ ދުވަހާއި ގުޅުވައިގެން އެ ދުވަސް ޕްރޮމޯޓް ކުރުމަށް ބޭއްވޭ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގެ އާޓިސްޓުން ބޭނުންކޮށްގެން މޫސުމަށް ހޭލުންތެރި ކުރުވުމާއި ގުޅޭ ކުރެހުންތައް މާލޭގައި ކުރެހުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ބުރާސްފަތި ދުވަހުގެ ސްކޫލްތަކުގެ އެސެމްބްލީވެސް "އާރތް އަވަރ" އަށް ޚާއްސަ ކުރެވިގެންދާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ހެނދުނު 6.30 އިން 8.30 އަށް މާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ރޭވިފައިވާއިރު، މާލޭ ފަތާ ޓްރެކް ސަރަހައްދުން ފަށާ މި ހަރަކާތުގައި ވިހާވެސް ގިނަ އާއްމުން ބައިވެރިވުމަށް އާރތް އަވަރ މޯލްޑިވްސް އިން އެދެއެވެ. އަދި އާރތްއަވަރގެ މައި ހަރަކާތަށް ފައިސާ ހޯދުމަށް ޓީޝާޓް ވިއްކުމުގެ ހަރަކާތެއް މާލޭގައި އެކި ސަރަހައްދުތަކުގައި ހުކުރު ދުވަހު ކުރިއަށް ގެންދާއިރު، ޕްލާސްޓިކް މަދުކުރުމަށް ހޭލުންތެރި ކުރުވުމަށް ސަލްޓަން ޕާކުގައި ހުކުރު ދުވަހުގެ ހަވީރު "މޭކް ޔޯރ އޯން ބޭގް" ކިޔާ ބާޒާރުކުރާނެ ފޮތި ދަބަސް ތައްޔާރުކުރާނެ ހަރަކާތެއް ކުރިއަށް ދާނެކަމަށްވެސް އާރތްއަވަރ މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

މި އިވެންޓް ޚާއްސަކުރެވިފައިވަނީ، ޒުވާނުންނަށާއި ކުޑަކުދިންނަށެވެ. އާރތް އަވަރ ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެންމެބޮޑު އެއް ހަރަކާތްކަމުގައިވާ "ކްލައިމެޓް މާރޗް" އެއް އޮންނާނެއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ، ތިމާވެއްޓާއި ބެހޭ މިނިސްޓްރީއާއި، އާރތް އަވަރ މޯލްޑިވްސްއާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ. އެގޮތުން ކުރިއަށް ގެންދާ ހިނގާލުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އާރތް އަވަރ ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަކުގެ ފޮޓޯއާއި ވިޑިއޯ "އާރތް އަވަރ އެމްވީ" ހޭޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ހިއްސާކޮށްދިނުމަށް "އާރތް އަވަރ" މޯލްޑިވްސް އިން އެދެއެވެ.

އާރތް އަވަރ ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ އެންމެފަހު ހޮނިހިރު ދުވަހުއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް