Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 14:16
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
ރައްޔިތުންގެ މަޖިލިސް 2019
ސިޓީ ކައުންސިލްގެ މުސާރަ އަލުން ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި
ވަކި ގޮތަކަށް 2 މެމްބަރުން ވޯޓު ނުދެއްވާ

ސިޓީ ކައުންސިލްތަކުގެ މުސާރަ އަލުން ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލްތަކުގެ މުސާރަ އަލުން ބޮޑުކުރުމަށް ފާސްކޮށްފައިވަނީ ހާޒިރުވެ ވަޑައިގެން ތިއްބެވި 38 މެމްބަރުންގެ ތެރެއިން 35 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ވަކި ގޮތަކަށް 2 މެމްބަރުން ވޯޓު ނުދެއްވައެވެ. 

ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއެވެ. 

ސިޓީ ކައުންސިލްތަކުގެ މުސާރަ އަލުން ބޮޑުކުރުމަށް މި މަހުގެ 18 ވަނަ ދުވަހު މާލިއްޔަތު ކޮމެޓީއިން ފާސްކޮށްފައި ވަނީ އެވަގުތު ހާޒިވެ ވަޑައިގެން ތިއްބެވި ހަތަރު މެމްބަރުންގެ ވޯޓުންނެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއެވެ. ޝާހު ހުށައެޅުއްވީ ސިޓީ ކައުންސިލްގެ މުސާރައިގެ ތެރެއިން މޭޔަރަށް ލިވިންގ އެލަވަންސާ އެކު 40،000ރ. އަދި ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާ އެކު 35،000ރ. ގެ އިތުރުން މެމްބަރުންނަށް ލިވިންގ އެލަވަންސާ އެކު 30،000ރ. ދިނުމަށެވެ. 

ސިޓީ ކައުންސިލްތަކަށް ލިބިފައިވާ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވުމާ އެކު، ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖާ ކުރެއްވުމަށް މާލިއްޔަތު ކޮމެޓީއަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައި ވަނީ އެ ކޮމެޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދެވެ.

ފަހަކަށް އައިސް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލްތައް މަޖިލީހުގެ ތެރެއިން ދަނީ ފެއިލްކޮށްލަމުންނެވެ. އެގޮތުން ކޮމިޝަންތަކަށް ބާރު ދޭ ބިލް ވެސް ފާސްކުރުމަށް ސަރުކާރަށް ތާއީދުކުރާ ޖުމްހޫރީ ޕާޓީގެ ގިނަ މެންބަރުންތަކެއް ދަނީ ދެކޮޅު ހަދަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް