ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 36 އިންޓަނޭޝަނަލް އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ ހަތަރު ގައުމަކާއި ނުވަ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އަދި ހަތަރު މީޑިއާ ކަމަށެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 264،589 މީހުން ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް މެމްބަރުން ހޮވާއިރު 386 ކެންޑިޑޭޓް މި ފަހަރުގެ އިންތިހާބުގައި ވާދަކުރެއެވެ. އީސީ އިން ބުނީ މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ 501 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރާއްޖެއިން ބޭރުގައި ބަހައްޓަނީ އަށް ފޮށި ކަމަށެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމާއި އިނގިރޭސީވިލާތާއި މެލޭޝިއާގައި ބަހައްޓާ ދެ ފޮށްޓާއި ސްރީލަންކާގައި ބަހައްޓާ ހަތަރު ފޮށްޓެވެ.
އީސީ އިން ވަނީ ރާއްޖެ އާއި ރިސޯޓްތަކާއި އަދި ރާއްޖެ އިން ބޭރުގައި ހަރަކާތްތެރިވާ 4634 އޮފިޝަލުން ތަމްރީނު ކުރަން ފަށާފައެވެ.