Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 13:50
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
Higher Education Ministry
ހަޔަރ އެޑިއުކޭޝަން
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 100 ދުވަހަށް ކަނޑައެޅި ހުރިހާ ވައުދެއް ފުއްދައިފި
07 ވައުދު ވަނީ ފުއްދާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަށް ކަނޑައަޅާފައިވާ ހުރިހާ ވައުދަތަކެއް ފުއްދިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

 މިނިސްޓރީގައި ބުދަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ، އެ މިނިސްޓްރީ އަށް ހަވާލުކޮށްފައިވާ ހަތް ވައުދު މިއަދު ފުއްދާފައިވާ ކަަމަށެވެ. 

ހަޔަރ އެޑިއުކޭޝަން އިން ފުއްދި ވައުދުތަކަކީ: 

1. ޖީސީއީ އޭލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހުތިޔާރު ކުރާ ޔުނިވާސިޓިއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދޭން ފެށުން

2. ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުން

3. ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކުރުން އަދި މިހާރު ކިޔަވާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރިވިއުކުރުމަށް ފަހު ރީސްޓަރަކްޗަރ ކުރުމަށް ހުޅުވާލުން

4.ހަައިއެޗީވަރސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް، އެސްކީމަކީ އޯ.އީ.ސީ.ޑީ ގައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު/ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދުން

5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް މަތީތަޢުލީމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރުދޭނެ ޤާނޫނެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލިހަށް ހުށައެޅުން

6. ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓް ހިންގަންފެށުން

7.ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ފުރިހަމަ ޓްރެއިނިން ނީޑް އެނަލިސިސްއެއް ގައުމީ ފެންވަރުގައި ހެދުން

މި ސަރުކާރުގެ ގިނަ ވުޒާރާތަކުން ވައުދުތައް ފުއްދަމުން ދާއިރު މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 83 ޕަސެންޓް ވައުދު ފުއްދިފައިވާ ކަަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް