Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 12:02
ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި  ފެށި ބަޑި މުބާރާތް މިނިސްޓަރ އޮފް ޑިފެންސް  މާރިޔާ އަޙްމަދު ދީދީ ބައިވެރިވެ ވަޑައިގަންނަވަނީ
ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ފެށި ބަޑި މުބާރާތް މިނިސްޓަރ އޮފް ޑިފެންސް  މާރިޔާ އަޙްމަދު ދީދީ ބައިވެރިވެ ވަޑައިގަންނަވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019 ފަށައިފި
ބަޑި މުބާރާތް ކޮންމެ އަހަރަކު ވެސް ބާއްވާ

މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކޮންމެ އަހަރަކު ވެސް ބާއްވާ ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019 ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)އިން ބުނީ ބަޑި މުބާރާތް ފަށާފައިވަނީ  ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބުދަ ދުވަހުގެ ހެނދުނު ކަމަށެވެ. އެކަމަށްޓަކައި ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު  ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް  މާރިޔާ އަޙްމަދު ދީދީއެވެ. 

މިމުބާރާތް ފެށުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ދެ ކެޓަގަރީއަކަށް ބަހާލައިގެން މިމަހު 25 ން ފެށިގެން އެޕްރީލް 8 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ސިފައިންގެ 31 ޔުނިޓަކުން ވަނީ ބައިވެރިވެފައެވެ. މިގޮތުން އިންޑިވިޖުއަލް ކެޓަގަރީ އާއި ޓީމް ކެޓެގެރީ ހިމެނޭއިރު ޓީމް އިވެންޓުގައި 27 ޓީމަކުން ބަޑިޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 31 ޔުނިޓަކުން އިންޑިވިޖުއަލް ކެޓަގަރީގައި ބަޑި ޖަހާއިރު މި އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ފޭސް އަކަށް ބަހާލައިގެން ކޮމްބެޓް އެފިޝެންސީ ޓެސްޓަކާއެކުއެވެ.ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019 ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފަައިވެއެވެ.

އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ، އިޚުލާޞްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ އޮފިސަރެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
8 އޭޕްރިލް 2019 | ހޯމަ 14:00
ihaaru.
ދުވަހަކުވެސް ސިފައިންގެ ތަހުގީގެއް ކާމިޔާބުވެ އަނިޔާ ލިބިފައިވާ އާއިލާއަކައް އިންސާފް ލިބުންބާ؟ ގުނާލަބަލަ މަރުވީ އަދަދު، ގެއްލުނު އަދަދު، އިންސާފު ލިބުނު އަދަދު، މުޒާހިރާ ތަކުގަ ކުރިއަނިޔާ ތައް ،ޖަލުގައި ތަހަންމަލް ކޮށް ފަނާވެ ދިޔަމީހުންގެ އަދަދު އަދިވެސް ބަޑިނުޖެހިގެންދޯ މިއުޅެނީ، ލަދުކޮބާ؟