Advertisement
ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 21:12
ކޮށްދިއްޕަރު ރިސޯޓް
ކޮށްދިއްޕަރު ރިސޯޓް
މުހައްމަދު ޝަރުހާން
ކަނޑުމަތީގެ ހާދިސާ
ކޮށްދިއްޕަރު ރިސޯޓާ ދިމާލުން މީހެއްގެ ހަށިގަނޑު ފެނިއްޖެ
ކުނިވެފައި އޮއްވާ ފެނިފައި ވަނީ ފިރިހެނެއްގެ ހަށިގަނޑު

ކޮށްދިއްޕަރު ރިސޯޓާ ދިމާލު، ކަނޑުން ކުނިވެފައިއޮތް އިންސާނެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަނޑުމަތިން ކުނިވެފައި އޮއްވާ ފެނިފައި ވަނީ ފިރިހެނެއްގެ ހަށިގަނޑު ކަމަށާއި، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނި ވެފައިކަމަށެވެ.

ފުލުހުން ބުނީ، ހަށިގަނޑު ފެނިފައި ވަނީ އަންގާރަ ދުވަހުގެރޭ 18:36 ހާއިރު ކަމަށެވެ.

ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކުން ފެންނަ ގޮތުން ފެންމަތީގައި އޮތް ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފޯވެފައިކަން ފާހަގަ ވެފައިވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 މާރޗް 2019 | އަންގާރަ 16:37
ihaaru.
ތީރާއްޖޭގެ އާދަ އެވެސްއެޗެއްނޭންގޭނެ، ކީއްކުރާ ޙަބަރެއްދެން!