Advertisement
ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 20:57
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
މުހައްމަދު ޝަރުހާން
ވަޒީފާގެ ފުރުސަތު
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ
 މި މަގާމަށް 32 ފިރިހެން މުވައްޒަފުންނާއި، 35 އަންހެން މުވައްޒަފުން ބޭނުންވޭ
މުސާރާގެ ގޮތުގައި މަހެއްގެ މައްޗަށް 5920 ރުފިޔާ ލިބޭނެ
 ސާވިސް އެލެވެންސްގެ ގޮތުގައި 1500 ރުފިޔާ ލިބޭނެ

އެއާޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އަންގާރަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ކުރިމަތިލައި، ހޮވޭ ފަރާތްތަކުން ފުރަތަމަ މަސައްކަތް ކުރަން ޖެހޭނީ ޓްރެއިނީއެއްގެ ގޮތުގައި ކަމަށާއި އަދި މަގާމަށް ހޮވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުން ކަމަށެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓާ ކޮންމެ އެއާޕޯޓެއްގައި މުވައްޒަފުން ވަޒީފާ އަދާކުރަން ޖެހޭއިރު މުވައްޒަފުންގެ އަސާސީ މުސާރާގެ ގޮތުގައި މަހެއްގެ މައްޗަށް 5920ރ. ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ސާވިސް އެލެވެންސްގެ ގޮތުގައި 1500ރ. ލިބޭއިރު އިތުރު އެލެވެންސްތައް ވެސް ލިބޭނެކަން އިއުލާނުގައި ފާހަގަ ކޮށްފައި ވެއެވެ.

މި ވަޒީފާއަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަމަށް އިއުލާނުގައި ފާހަގަ ކޮށްފައިވަނީ ސާނަވީ އިމްތިހާނުގެ ދެ މާއްދާއިން ފާސްވުމާ އެކު، ސެކަންޑަރީ ސްކޫލުން ދިވެހި މާއްދާ އިން ފާސް ވެފައި ވުމެވެ.

ނުވަތަ އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާ އާއި ނޭޝަނަލް ސެކިއުރިޓީގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮސްފައި ވުމެވެ.

ނުވަތަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭސިކް ޓްރެއިނިން ހަދާފައި ވުމެވެ.

މަގާށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރަށް ހުށަހެޅުމަށް އެދޭ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިއަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއަރޓަރސް 2ގެ 1 ވަނަ ފަންގިފިލާ) އަށް ކަމަށާއި އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 2019 އޭޕްރިލް 28 އިން 2019 މެއި 09 އާއި ދެމެދު ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް ގައި ކަމަށާއި މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އެއާރޕޯޓްތަކުގައި އިންޓަރވިއު ކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށް ވެސް އިއުލާނުގައި ވެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، 32 ފިރިހެން މުވައްޒަފުންނާއި، 35 އަންހެން މުވައްޒަފުން ބޭނުންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް