Advertisement
ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 19:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރިޔާސީ ތަޙުނިޔާ
ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ސޯލިހު ފޮނުއްވައިފި
ދެޤައުމުން ބަލައިގަންނަ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ، ގުޅުން ފާހަގަކުރެއްވި
ރައްޔިތުންނަށް އަމާންކަމާއި ފާގަތި ކަމާއި ކުރިއެރުމަށް އެދިވަޑައިގެންނެވި

ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ‏ރައީސް އެމް.ޑީ. ޢަބްދުލްޙާމިދަށާއި، ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

‏ރައީސުލްޖުމްހޫރިއްޔާ މި ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ހޫނު މަރްޙަބާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައި ވެއެވެ.

އެގޮތުން، ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ދެޤައުމުން ބަލައިގަންނަ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ، ޘަޤާފީ ގުޅުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް އެކުވެރި ގުޅުމާއި، އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުންދިނުން ކުރިއަށް އޮތް އަހަރުތަކުގައިވެސް ‏‏މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލެންސީ ޑރ. އޭކޭ އަބްދުލް މޯމެން (އެމް.ޕީ) އަށް ތަހުނިޔާގެ މެސެޖު ވެސް ފޮނުއްވާފައިއެވެ.

ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން ފާހަގަކުރައްވާ، މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރގެ މެސެޖްގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބައިނަލް އަޤްވާމީ މަސްރަހުގައި ބަންގްލަދޭޝާއެކު މަސައްކަތް ކުރައްވާނެ ކަމުގެގެ ޔަގީންކަން މިނިސްޓަރގެ މެސެޖްގައި ދެއްވިއެވެ.

އަދި ބަންގްލަދޭޝްގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތި ކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ބަންގްލަދޭޝް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 26 މާރިޗު 1971 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް