Advertisement
ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 11:33
ހެޕީ މާކެޓްގެ މުވައްޒަފުން
ހެޕީ މާކެޓްގެ މުވައްޒަފުން
އަވަސް
ހެޕީ މާކެޓް
ވިހެއުމާއި ގުޅިގެން ހަމަހުގެ ޗުއްޓީ ދޭން ހެޕީމާކެޓުން ނިންމައިފި
ޗުއްޓީ ދޭން ނިންމާފައިވަނީ ހޯމަ ދުވަހު

އަންހެނުން ވިހެއުމާއި ގުޅިގެން ހަމަހުގެ ޗުއްޓީ ދޭން ހެޕީމާކެޓުން ނިންމައިފިއެވެ.  އެކުންފުނިން އެކަން އިއުލާން ކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

 އަނބިމީހާ ވިއެހުމުން ފިރިމީހާ އަށް ވެސް އެއްމަސް ދުވަހުގެ ޗުއްޓީ ދޭ ގޮތަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Happy Market (@happymarket.mv) on

ހެޕީމާކެޓުން ވިހެއުމާއި ގުޅިގެން ހަމަހުގެ ޗުއްޓީ ދޭން ނިންމާފައިވާއިރު، ސަރުކާރުގައި ވަޒީފާ އަދާ ކުރާ އަންހެނުންނަށް ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާ އެކު ލިބޭ ގޮތަށް ހަމަޖެއްސުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ވިހެއުމުން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް، އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ސަރުކާރުން ބަދަލު ގެނައިކަން އިއުލާން ކުރީ، އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްގީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި ޢާއިލާ އާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ކަމަށެވެ.

ސަރުކާރުން ގެނައި އެ ބަދަލާ އެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ވަނީ އެ އުސޫލުން ޗުއްޓީއަށް ބަދަލުތައް ގެނައިކަން އިއުލާން ކޮށްފައެވެ. އެގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ބުނީ ސަރުކާރުގެ ސިޔާސަތަށް ތާއީދުކޮށް، އެ ކުންފުނީގެ މުވައްޒިފުންނަށް ވެސް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް