Advertisement
ކ. މާލެ
|
26 މާރޗް 2019 | އަންގާރަ 11:21
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މަގާމު ދެއްވުން
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މަގާމު ދެއްވުން
ރައީސް އޮފީސް
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު
ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމަށް ހަމީދު އައްޔަނު ކުރައްވައިފި
އެ މަޤާމުގައި ކުރިން ހުންނެވީ ހަމްދޫން ރަޝީދު

ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމަށް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަންގާރަ ދުވަހު ހަމަޖައްސަވައިފިއެވެ. 

އަންގާރަ ދުވަހު ރައީސްގެ ތަރުޖަމާނު އިބްރާހިމް ޙޫދު ކުރެއްވި ޓްވީޓެއްގައި އެކަން އިއުލާނު ކުރައްވާފައިވާއިރު، ރައީސް ޔާމީނުގެ ވެރިކަމުގައި ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު މަގާމުން ވަކިކުރައްވައިފައިވަނީ ރައީސް އިބުރާހިމް މުހައްމަދު ޞާލިހް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހުގައެވެ. . 

  

ފުލުހުންގެ ވަޒީފާއިން ހަމީދު ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމައި ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށް ސްޕްރީމް ކޯޓުން ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ކުރި ހުކުމާއެކު ހަމީދު އަލުން ފުލުހުންގެ ވަޒީފާއަށް ނެރެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމު ހަވާލުކުރައްވާފައި ވަނީ އެމަހުގެ 4 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 މާރޗް 2019 | އަންގާރަ 06:24
ޒިރޯހަޖަމްޕްލީސް
މިވީ ކުޑަ ދުވަސްކޮޅު ހަމީދުގެ ޕާރފޯމަންސް މެދުމިނުގަ ހުރީ.. މުވައްޒަފުންނަށް އުފާވެރިކަން ގެނުވާނެ ކަންކަން ކުރަން ފަސްޖެހިވަޑައިގަތްތަން ފެނުނީ.. އަސްލު ހީކުރުވަރުގެ ވެރިއެއް ނޫން.. ކުރިއަށްއޮތް ތަނުގަ މިއަށްވުރެ ރަނގަޅަށް މުވައްޒަފުންނާ ދޭތެރޭ ކަން ކުރައްވާނެކަމަށް އުއްމީދު ކުރަން.. ކޮންމެ ވެރިއަކުވެސް ގޮނޑިއަށް އެރުނީމަ ހަނދާނެއް ނުހުރޭ އޭނަ ސަލާމަތްކުރަނީ މުވައްޒަފުން ކުރާ މަސައްކަތުން ކަމެއް.. އެހެންވީމަ މުވައްޒަފުން ސަލާމަތް ކުރުމަކީ ވެރިންގެ ޒިންމާއެއް ނޫންބާ؟؟؟