މުއްދަތު ހަަމަވެފައިވާ ވެކްސިން ވިލިމާލޭ ހޮސްޕިޓަލުން ޖެހި މައްސަލައެއް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ހިނގި ކަމަށާއި އެ މައްސަލައި ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުން ޖެހި ކަމަށް ބުނެ ބައެއް ނޫސްތަކުން އާދިއްތަ ދުވަހު ރިޕޯޓުކޮށްފައި ވަނިކޮށް ވިލިމާލެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހެލްތް މިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ މައްސަލަ ބަލާފައިވާކަމަށެވެ. އެ މައްސަލައިގައި ކަމާގުޅުންހުރި ފަރާތްތަކާއި ވާހަކަ ދެކެވި، އެ ކަމުގައި އަޅަން ޖެހޭ އެންމެހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް ވެސް އައިޖީއެމްއެޗްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.