Advertisement
ކ. މާލެ
|
25 މާރޗް 2019 | ހޯމަ 19:35
ހޯރަފުށީ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން
ހޯރަފުށީ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ހއ. ހޯރަފުށި
ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
އެއްބަސްވުމުމުގައި ސޮއި ކުރީ ހޯރަފުށީގައި

ހއ. ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ އެމްޓީސީސީއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހޯރަފުށީގައެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރޯންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.

އެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ޝާހު ވިދާޅުވީ އެ މަޝްރޫއު އަވަހަށް ފެށިގެންދާ ސަބަބަކީ އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަހުމަދު ސަލީމް (ސައްލެ)ގެ ބުރަ މަސައްކަތުން މަޝްރޫއުގެ އީއައިއޭ ރިޕޯޓް ތައްޔާރުކޮށް ނިންމަވައި، ހުއްދަ ހޯއްދަ ހޯއްދެވުމުން ކަމަށެވެ. 

ހޯރަފުށީ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސަލީމް (ސައްލެ)-- ރާއްޖެއެމްވީ ފޮޓޯ/ ޝުއައިބު މުހައްމަދު އިގުބާލު

ޝާހު ވިދާޅުވީ "އަޅުގަނޑުމެންގެ ފަހަތުގައި" މިނިސްޓަރު ނަހުލާ އާއި ސައްލެ ހުރެއްޖެނަމަ، އެމްޓީސީސީން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓް ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސް ތެރޭގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ސާމާނު ހޯރަފުށްޓަށް ގެނެސް، މަސައްކަތް ފަށާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމިދަކީ ކުރިއަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި މި ޕްރޮޖެކްޓުގައި ސޮއި ކުރެވިގެންދިއުމާ އެކީގައި މި ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު މި ރަށަށް ގެނެސް، މި ރަށުގައި މޮބިލައިޒް ކުރުން،" ޝާހު ވިދާޅުވިއެވެ.

ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ.

ހޯރަފުށްޓަށް އައިޝާ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ-- ރާއްޖެއެމްވީ ފޮޓޯ/ ޝުއައިބު މުހައްމަދު އިގުބާލު

ހޯރަފުށީގައި އެއާޕޯޓް އެޅުމާ އެކު ރާއްޖޭގެ އެންމެ އުތުރަށް ދަތުރު ކުރުމަށް ލުއި ފަސޭހަކަން ލިބިގެންދާނެއެވެ. އާބާދީގައި 3،000 ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ހޯރަފުށީގައި އެއާޕޯޓް އެޅުމުން، އެ ރަށާ ކައިރީގައި އޮތް އިހަވަންދޫއަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ލޯންޗުގައި ތިން މިނެޓުން ފަސޭހަކަމާ އެކު އިހަވަންދޫއިން ހޯރަފުށީ އެއާޕޯޓަށް އާދެވޭނެއެވެ. އަދި ހޯރަފުށީ އެއާޕޯޓުގެ ސަބަބުން އެންމެ ބޮޑު ފަސޭހަތަކެއް ވެގެންދާނެ ދާއިރާގެ ދެ ރަށަކީ ތުރާކުނާއި އުލިގަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
25 މާރޗް 2019 | ހޯމަ 14:42
ނަފާ
kithah hector yo hikkanee mi?? kithah dhuvas thereyga ninman mi havaalu kuree?? aey dhetho thafseel akee kobaa e details