Advertisement
ކ. މާލެ
|
25 މާރޗް 2019 | ހޯމަ 13:26
އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް
އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް
ރާއްޖެއެމްވީ
މުޢުނީއާމެދު ފިޔަވަޅު އެޅުން
މުޣުނީގެ މައްސަލާގައި ޕާޓީން އިތުރު އެއްޗެއް ބުނާކަށް ނެތިން: އެމްޑީޕީ
ފިޔަވަޅު އަޅާފައިވަނީ ޕާޓީގެ ގުނަވަންތަކާ މަޝްވަރާ ކުރުމެއް ނެތި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަބްދުލް މުޣުނީއާ މެދު ޕާޓީން އަޅާފައިވާ ފިޔަވަޅާ މެދު އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ. 

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޣުނީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ފުލުހުން ބުނެފައިވާތީ، މުޣުނީއާ މެދު އަޅާފައިވާ ފިޔަވަޅު މުރާޖައާކޮށްފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ޕާޓީގެ ނިންމުމަކީ ކުރިން ވެސް ނިންމާފައިވާ ނިންމުން ކަމަށާއި، އެކަމާ ގުޅޭ ގޮތުން ޕާޓީން ހާމަކުރާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ. 

"ކުރިން ވެސް އަޅުގަނޑުމެން ދަންނަވާފައި އިންނާނީ އެއީ ސިޔާސީ ނިންމުމެއް ކަމަށް. އަދި އެއީ ޕާޓީގެ ސްޓޭންޑް ކަމަށް. އަދި އިތުރަށް އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން އިތުރު އެއްޗެއް ދަންނަވާކަށް ނެތިން،" އަފްޝަން ވިދާޅުވިއެވެ. 

މުޣުނީ އަށް ތުހުމަތު ކުރެވިފައި ވަނީ ގެވެށި އަނިޔާގެ ސީރިއަސް މައްސަލަތަކެއް ކަމަށް ބުނެ އެމްޑީޕީން އޭނާ އަށް ކުރި ތާއިދު އަނބުރާ ގެންގޮޮސްފައިވާއިރު، މި މަހު 22 ވަަނަ ދުވަހު ފުލުހުން މުޣުނީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަައެއް އެއްވެސް އިރެއްގައި އެ އިދާރާ އަށް ލިބިފައި ނުވާ ކަމަށާއި، އަދި ފުލުހުންގެ ރިކޯޑުން ވެސް އެކަން ނުދައްކާ ކަމަށެވެ.

އެކަމާ ގުޅިގެން މުޣުނީއަށް އަޅާފައިވާ ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަބާވުދެއްވަމުން އަފޝަން ވަނީ އެ މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ވިދާޅުވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ކުރިން ވެސް ދެއްވި ޖަވާބު ތަކުރާރު ކުރައްވާފައެވެ. 

މުޣުނީއަށް އެ ޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާއިރު، މުޣުނީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މީގެ 10 އަހަރު ކުރިން އޭނާގެ އޭރުގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ ދައުލަތުގެ އިދާރާއަކަށް އަދި ޝަރުއީ ކޯޓަކަށް ހުށަހަޅައި ޝަރީއަތް ހިންގައި، ގޮތް ކަނޑައަޅާފައި ނުވާއިރު، މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންދިއުމަށް ޕާޓީގެ ގުނަވަންތަކާ މަޝްވަރާ ކުރުމެއް ނެތި ނިންމި ނިންމުމަކީ އެ ތުހުމަތުތަކާ ގުޅިގެން ޕާޓީން ނިންމާފައިވާ ސިޔާސީ ނިންމުމެއް ކަމަށާއި، އަދި ޕާޓީގެ ލީޑަރޝިޕަށް އެފަދަ ސިޔާސީ ނިންމުންތައް ނިންމޭނެ ކަމަށް އަފްޝަން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 މާރޗް 2019 | ހޯމަ 10:56
އަލްމާސް
ހިސާންއަށް ވެސް ޕާޓީން ކުރާތާއީދު ގެނި ކަމަށް ބުނިނަމަ ސަޅިވީސް އަފްޝަނާއި ތިނިންމުން ނިންމި އެންމެނަކީ މުޅި ޕާޓީއަށް ހުރިހުތުރެއް ހިސާންއަށް ފިޔަވަޅު ނާޅައި މުޢުނީއަށް ފިޔަވަޅު އަޅަން ޖެހުނީ ކީއްވެގެންކަން ސާފުކޮށްދޭން ޖެހޭ