Advertisement
ކ. މާލެ
|
25 މާރޗް 2019 | ހޯމަ 12:22
ޏ. ފުވައްމުލައް
ޏ. ފުވައްމުލައް
ގޫގުލް
ވަޅިން ހަމަލާދިނުން
ފުވައްމުލަކުގައި ވަޅިން ހަމަލާ ދީ ޒުވާނަކު ޒަހަމްކޮށްލި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 22 އަހަރުގެ ދެފިރިހެނުން

އާދިއްތަ ދުވަހު ފުވައްމުލަކުގައި 17 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާ ދީ ޒަހަމް ކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ މާރާމާރި ހިންގި މައްސަލާގައި ހައްޔަރުކުރީ 22 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

މިމާރާމާރީގައި މިކުއްޖާގެ ބޮލަށާއި އަތަށް އަނިޔާތަކެއް ލިބިފައިވެ އެވެ. މިކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. 

މަންޒަރު ދުށް ފަރާތަކާއި ހަވާލާދީ މައުލޫމާތު ލިބޭ ގޮތުގައި ހަމަލާ ދީފައިވަނީ 17 އަހަރުގެ ކުއްޖާ ޑިއުޓީއަށް ޝާރކް ރެސިޑެންސް ގެސްޓްހައުސްއަށް ދިޔައިރު، ގެސްޓްހައުސް ކައިރީގައި ފިލައި ތިބި ބައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް