ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 20:17
އިންޓަ ސްކޫލް ޗެސް މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ޗެސް މުބާރާތުގެ ތެރެއިން
ރާއްޖެ އެމްވީ
އިންޓަ ސްކޫލް ޗެސް ޗެމްޕިއަންޝިޕް
އިންޓަ ސްކޫލް ޗެސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލައިފި
މުބާރާތުގައި 14 ސްކޫލަކުން 370 ދަރިވަރުން ވަނީ ބައިވެރިވެފައި

ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަ ސްކޫލް ޗެސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި ހަ އުމުރުފުރާއަކުން ކުދިން ބައިވެރިވެފައިވެއެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ އެއް ވަނަ ސްކޫލަކަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޮވުނުއިރު، ދެވަނަ ސްކޫލަށް ހޮވިފައިވަނީ މަޖީދިއްޔާ ސްކޫލެވެ. އަދި ތިންވަނަ ސްކޫލަކަށް ހޮވިފައިވަނީ ދަރުމަވަންތަ ސްކޫލެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އެއްވަނަ ސްކޫލަކަށް ދަރުމަވަންތަ ސްކޫލް ހޮވުނުއިރު، ދެވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. އަދި ތިންވަނަ ސްކޫލަކަށް ހޮވިފައިވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ އެއް ވަނަ ސްކޫލަކަށް މަޖީދިއްޔާ ސްކޫލް ހޮވުނުއިރު، ދެވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. އަދި ތިންވަނަ ސްކޫލަކަށް ހޮވިފައިވަނީ ދަރުމަވަންތަ ސްކޫލެވެ.

މުބާރާތުގެ 18 އަހަރުން ދަށުގެ އެއްވަނަ ސްކޫލަކަށް ދެވަނަ ސްކޫލަކަށް ހޮވުނީ ތާޖުއްދީން ސްކޫލެވެ. އަދި ތިންވަނަ ސްކޫލަކަށް ހޮވިފައިވަނީ އަމީނިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މި މުބާރާތުގައި 14 ސްކޫލަކުން ބައިވެރިވެފައިވާއިރު، 370 ކުދިން ވަނީ ވާދަކޮށްފައެވެ. 14 ސްކޫލްގެ ތެރެއިން 11 ސްކޫލެއް މާލެއިން ބައިވެރިވިއިރު، ތިން ސްކޫލަކީ ހުޅުމާލެއިން ބައިވެރިވި ސްކޫލްތަކެވެ.

ޗެސް އެސޯސިއޭޝަނުން ބުނީ، މި މުބާރާތުގައި ވާދަކުރި ދަރިވަރުންގެ ތެރެއިން 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުދިން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މުބާރާތުގެ އިތުރުން ޗެސް އެސޯސިއޭޝަނުން ވަނީ ފުރަތަމަ އިންޓަ ސްކޫލް ޕޭރެންޓް ޓީޗާ ޗެސް ޗެމްޕިއަންޝިޕްވެސް ކުރިޔަށް ގެންގޮސްފައެވެ. މި މުބާރާތުގައި ހިމެނިފައި ވަނީ އޯޕަން ކެޓަގަރީ އާއި ވުމެންސް ކެޓަގަރީއެވެ.

އެގޮތުން އޯޕަން ކެޓަގަރީގެ އެއްވަނަ ސްކޫލަކަށް މަޖީދިއްޔާ ސްކޫލް ހޮވުނުއިރު، ދެވަނަ ސްކޫލަކަށް ހޮވިފައި ވަނީ ތާޖުއްދީން ސްކޫލެވެ. އަދި ތިން ވަނަ ސްކޫލަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ.

އަންހެން ކެޓަގަރީގެ އެއްވަނަ ސްކޫލަކަށް ގިޔާސުއްދީ އިންޓަނޭޝަނަލް ސްކޫލް ހޮވިފައިވާއިރު، ދެވަނަ ސްކޫލަކަށް ހޮވުނީ ތާޖުއްދީން ސްކޫލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
27 މާރޗް 2019 | ބުދަ 08:04
Hiyaal
Mauloomaathu furihama nun kan faahaga vey.