Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 19:47
ނައިބް ރައީސް ފައިސަލް ނަސީމް
ނައިބް ރައީސް ފައިސަލް ނަސީމް
ރާއްޖެއެމްވީ
ނައިބް ރައީސް ފައިސަލް ނަސީމް
ޖަލުތަކަކީ އަދަބު ދޭ ތަނެއްގެ ގޮތުގައި ސިފަ ކުރަން ބޭނުމެއް ނުވޭ: ނައިބް ރައީސް
އަމާޒަކީ ގައިދީންނަށް ހުނަރު ދަސްކޮށްދީގެން މުޖުތަމައުއަށް ނެރުން: ފައިސަލް

ރާއްޖޭގެ ޖަލުތަކަކީ މީހުނަށް އަދަބު ދިނުމަށް ބޭނުން ކުރާ ތަނެއްގެ ގޮތުގައި ރައްޔިތުން ސިފަ ކުރަން ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުގައި އާދިއްތަ ދުވަހު ތަޢާރަފް ކުރި އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމު އިފްތިހާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ގައިދީ ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ މުޖްތަމައަށް އަނބުރާ އައުމަށް ބޭނުން ކުރެވިދާނެ ފުރުސަތެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށެވެ.

އެފަދަ ޚިދުމަތެއްގެ ސަބަބުން ޖަލުގައި ތިބި ޤައިދީން އަލުން އަނބުރާ މުޖުތައުއަށް ނިކުތުމަށް ރަނގަޅު ފުރުޞަތެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޖުތަމައުއިން އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށް ވިދާޅުވެ، ނައިބު ރައީސް ވިދާޅުވީ ގައިދީންނަށް އުނގަންނައިދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން ތައުލީމަށް ސަރުކާރުން ދޭ އަހުމިއްޔަތު ދެނިގެންދާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ގައިދީންނަށް ހުނަރުތައް ދަސްކޮށް، މުޖްތަމައަށް އަވަހަށް ނުކުމެވޭނެ ގޮތް ހަދައި، އާއިލާތަކާ އެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އިންސާނާ ދިރި ދުނިޔޭގައި ހުރިހާ ހިނދަކު އިންސާނާއަށް ތައުލީމް އުނގެނުމުގެ ފުރުޞތު ހޯދައިދޭން ޖެހޭ. އެއްވެސް ހާލެއްގައި ޤަބޫލުނުކުރަން މީހަކަށް ކުށެއް ކުރެވުނީތީ، މީހަކަށް ގޯހެއް ހެދުނީތީވެ، އެކަން މަތީގައި ދެމި ހުންނަން ޖެހޭނެ ކަމަށް." ނައިބް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެކި ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ވެސް ގައުމު ތަރައްގީ ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
24 މާރޗް 2019 | އާދީއްތަ 16:00
ihaaru.
އަޖައިބެއްތީ ދެންތީ ނުނީ ކުރިމިނަލް އެސްކޭޕް ކޭންޕެކޭތަ ތަތިބުނަނީ