ކ. މާލެ
|
20 މާރޗް 2019 | ބުދަ 17:49
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލް
2018 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ބެހުމަށް ބީއެމްއެލް އިން ނިންމައިފި
ޙިއްޞާއަކަށް 24 ރުފިޔާ ބެހުމަށް ވަނީ ނިންމާފައި

ނިމިދިޔަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް 24 ރުފިޔާ ބެހުމަށް ހިއްސާދާރުންނަށް ލަފާދިނުމަށް ބޭންކް އޮފް މޯލްޑިބްސްގެ ބޯޑު ޑައިރެކްޓަރުން ނިންމަވައިފިއެވެ.

މި ގޮތަށް ނިންމާފައި ވަނީ އެކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމަށް ފަހުގައެވެ.  

 

ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް 24 ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށް ނިންމަވައިދިނުމަށް އެދި، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށައަޅާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މިއީ ފާއިތުވި އަހަރަށްވުރެ ނުވައެއް އިންސައްތަ އިތުރު އަދަދެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޖުމްލަ ޑިވިޑެންޓްގެ ގޮތުގައި 129,166,080 (ސަތޭކަ ނަވާވީސް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަހާސް އަށްޑިހަ) ރުފިޔާ އެކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައި ހިއްސާދާރުންނަށް ބެހުމަށް ވަނީ ނިންމާފައެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް އެކުންފުނީގެ ވެބްސައިޓްގައި އާންމުކޮށް ޝާއިއުކުރާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

 

ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 277 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ލިބިފައެވެ. އަދި އެކުންފުނީގެ ތިން ވަނަ ކުއާޓަރގައި 365 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

2017 ވަނަ އަހަރު ބީއެމްއެލްގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.416 ބިލިއަން ރުފިޔާއެވެ. އެގޮތުން 2017 ވަނަ އަހަރު ހިއްސާއަކަށް ވަނީ 22 ރުފިޔާ ބަހާފައެވެ.

 

- ކޮމެންޓް
21 މާރޗް 2019 | ބުރާސްފަތި 11:38
ihaaru.
މީހަކަށް ކިތައްކިއްލި ޖެހެނީ؟