ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 15:41
ކައިލާންގެ ޓްރެންޑްސްގެ ބްރޭންޑް އެބްސެޑަރ
ކައިލާންގެ ޓްރެންޑްސްގެ ބްރޭންޑް އެބްސެޑަރ
ރާއްޖެއެމްވީ
ކައިލާން ޓްރެންޑްސް
ކައިލާން ޓްރެންޑްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ފިލްމީތަރި 'އައްޒަ' ހަމަޖައްސައިފި
ކައިލާންގެ ކޮންމެ އުފެއްދުމެއްވެސް ޑެލިވަރކޮށްދޭނެ

އިންޓަރނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑްސްތައް ހޯލްސޭލް އަދި ރީޓެއިލް ކުރާ 'ކައިލާން ޓްރެންޑްސް'ގެ ބްރޭންޑް އެމްބެސެޑަރ އަކަށް ފިލްމީތަރި 'އައްޒަ' ހަމަޖައްސައިފިއެވެ.

ކައިލާން ޓްރެންޑްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ހުޅުވިފައިވާ އަދި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ "ކައިލާން" ފިހާރައިގެ ސަބް ބްރާންޗެކެވެ.

ސޯލްޓް ކެފޭ އެންޑް ރެސްޓޯރަންޓްގައި ބޭއްވި ރަސްމިއްޔާތުގައި މަޝްހޫރު އަދި އެންމެންގެ މަޤްބޫލުކަން ހޯދައިފައިވާ ފިލްމީތަރި އައްޒަ ވަނީ ކައިލާން އަދި ކައިލާން ޓްރެންޑްސްގެ ބްރޭންޑް އެމްބަސަޑާރ ކަމުގައި ސޮއިކުރައްވާފައެވެ.

ދުނިޔޭގެ އެތައް ޤައުމެއްގައި ލޯންޗް ކޮށްފައިވާ ތުރުކީގެ އުފެއްދުމެއްކަމުގައިވާ ކޮސްމެޓިކް ބްރޭންޑް، އިސަބަލް ޑުޕޯންޓް، މޯރފޯސް އަދި އަޓަކް ގެ އޮތޮރައިޒް ޑިސްޓްރިބިއުޓާރ އަކީ ކައިލާން ޓްރެންޑްސް އެވެ.

އަދި ޔޫއޭއީގެ މަޝްހޫރު ލަތާފާ ބްރޭންޑްގެ ސެންޓް އަދި އެތައް އިންޓާރނޭޝަނަލް ބްރޭންޑްތައް ކަމުގައިވާ ބެކް، ބެބެކް، ލޭޑީ ސީކްރެޓް، އާމޯރ، އީސީ ފަދަ ބްރޭންޑްތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ކައިލާން ޓްރެންޑްސް އިން ލިބެންހުންނާނެއެވެ.

މީގެ އިތުރުން ކައިލީ ކޮސްމެޓިކްސް، މެކް ކޮސްމެޓިކްސް، ކަލާރ ޕޮޕް، ހުދާ ބިއުޓީ ފަދަ މަޝްހޫރު އެތައް ބްރޭންޑެއް ރީޓެއިލްކޮށް ކައިލާން ޓްރެންޑްސްއިން ލިބޭނެއެވެ.

ބްރޭންޑް އެމްބެސެޓަރަކަށް ވުމަށް ފަހު މީޑިޔާއަށް މައުލޫމާތުދެއްވަމުން އައްޒަ ފާހަގަ ކޮށްލި ގޮތުގައި މި ހުރިހާ ބްރޭންޑެއްގެ ޕްރޮޑަކްޓްތައް ވެސް ވަރަށް ފެންވަރު ރަނގަޅު ކަމަށެވެ.

ކައިލާން ޓްރެންޑްސްގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާރއިން ކަސްޓަމަރުން ބޭނުންވާ ކޮންމެ ޕްރޮޑަކްޓެއް ވެސް އޯޑަރ ކުރުމުން ހިލޭ ޑެލިވާރވެސް ކޮށްދެއެވެ.

މީގެ އިތުރުން މިވަގުތު ކައިލާން ޓްރެންޑްސް ފޭސްބުކް އިން ކުރިއަށް ދާ ޕްރޮމޯޝަންއަކީ ލައިކް، ކޮމެންޓް އެންޑް ޝެއަރ ކޮންޓެސްޓް އެކެވެ.

- ކޮމެންޓް