ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކަމިޝަން(އީސީ) އިން އާންމު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓްގައި އައިޑީ ކާޑު ނަމްބަރާއި، ނަމާއި، އެޑްރެސް ހިމެނެއެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް ދާއިރާތައް ވަކިން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވަނީ ޝާޢިއު ކޮށްފައެވެ.
އީސީން ބުނީ ފައިނަލް ލިސްޓް އާންމުކުރިއިރު ވޯޓާސް ލިސްޓާ ގުޅިގެން 1،256 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 264،589 މީހުން ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 262،135 މީހުންނަށެވެ. އެހެންކަމުން މި ފަހަރުގެ މަޖިލީސް އިންތިޚާބުގައި މުޅިން އަލަށް 2،336 މީހުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ލިބިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާއިރު 87 ދާއިރާއަކަށް މެމްބަރުން ހޮވާނެއެވެ. އަދި ރާއްޖެ އާއި ރިސޯޓްތަކާއި އަދި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ 4634 އޮފިޝަލުން އީސީއިން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.