އެމްޑީޕީން ބޭނުންވާ ގޮތް ނޫން ގޮތްގޮތަށް ހެންވޭރު ދެކުނު ދައިރާގެ އެމްޑީޕީގެ ކުރީގެ މަޖިލީސް މެންބަރު މުހައްމަދު އަބްދުލްކަރީމް ވޯޓް ލާފައިވާ ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތި ލައްވާފައިވާ ހުސެން ޝަމީމް (އަންދުން ހުސެން) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުސެން ޝަމީމް ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ވިންދާ ޚިލާފަށް އަދި އެމްޑީޕީން ބޭނުންވާ ގޮތް ނޫން ގޮތް ގޮތަށް ކުރީގެ އެމްޑީޕީގެ މަޖިލީސް މެންބަރު ވޯޓް ދީފައި ވާކަމަށް އެ ދާއިރާގެ ގިނަ ބަޔަކު ބުނަމުން ދާކަމަށެވެ.
އެގޮތުން ޕާޓީން ބޭނުންވާ ގޮތް ނޫން ގޮތަށް 25 އަށް ވުރެން ގިނަ ވޯޓް މަޖިލީހުގައި ލާފައިވާ ކަމަށް ހުސެން ވިދާޅުވިއެވެ. އަދި ދާއިރާގެ ރައްޔިތުން އެގޮތަށް ވޯޓްނުލެއްވުމަށް މެންބަރުގެ ކިބައިން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަތީޖާއަކީ މިފަހަރުގެ ބެއްވިގެން ދިޔަ އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާއިން އެ މެންބަރަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ މެންބަރަށް 345 ވޯޓް ލިބުމުން ހާމަވެގެންދަނީ ދާއިރާގެ ރައްޔިތުންގެ ތާއިދު ކުޑަ މިންވަރުން ކަމަށް ވެސް ހުސެން ވިދާޅުވިއެވެ
"އަޅުގަނޑު މީ ދާއިރާގެ ރައީސް މަޖީލީހުގައި ލީ ވޯޓް ތަކާއި މެދު ކުޑަމިނުން މަޝްވަރާ ކޮށްލާފައިވެސް ނުވޭ . ޚުދު އަޅުގަނޑުވެސް އެކަމާއި ހިތާމަކުރަން އަޅުގަނޑު ޔަގީންކޮށް އަރުވަން ދާއިރާގެ ރައްޔިތުންނަށް ކުރިންއަށް އޮތް ތަނުގައިވެސް ފަހުން އެރައްޔިތުން ދެރަވާނެ ގޮތަކަށް ވޯޓެއް ނުދޭނެ ކަމަށް،" ހުސެން ވިދާޅުވިއެވެ.
ހުސެން ވިދޅުވީ މަޖިލީހުގައި އިދިކޮޅު މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންނަށް ތަރައްގީ ހޯދައިނުދެވޭނެ ކަމަށް ބައެއް މެންބަރުން ބުނަމުން ދާ ކަމަށެވެ. ނަމަވެސް އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫން ކަމަށް ހުސެން ވިދާޅުވިއެވެ.