ތ. ދިޔަމިނގިލި ބޯޓުޔާޑުގައި މަސައްކަތް ކުރަމުންދަނިކޮށް ދިވެހި ފިރިހެނެއްގެ ފައިގެ އިނގިލިތައް ބުރިވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވިޝާމް ވިދާޅުވީ މަސައްކަތްކުރަމުން ދިޔަ އިރު ފޯކްލިފްޓުން ދަގަނޑު ފިލައެއް ތިރިކުރަން އުޅުމުގެ ތެރޭގައި ވެއްޓުނީ ކަމަށެވެ.
ވިޝާމް ވިދާޅުވީ ހާދިސާ ހިގަން މެދުވެރިވި ސަބަބުން ނޭނގޭ ކަމަށެވެ. އަދި ކަނާއަތުފައި މައްޗަށް ފިލައެއް ވެއްޓި 3 އިނގިލިބުރި ވެފައިވާ ކަމަށެވެ.
އުމުރުން 36 އަހަރުގެ މި ފިރިހެން މީހާއަށް ތ. ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނައިރު، ހާލު ރަނގަޅު ކަމަށް ވިޝާމް ވިދާޅުވިއެވެ.
ފުލުހުން ބުނީ މިފަދަ ހާދިސާއެއް ހިނގިކަމުގެ މައުލޫމާތު ލިބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:15 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.