އެޖެންޑާ 19ގައި ހިމެނޭ ބޯހިޔާވެހިކަން ކަށަވަރުކުރުމުގެ ސިޔާސަތާއި ގުޅޭ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޖެންޑާ 19 ގެ ފަހުރުވެރި އާއިލާގެ ތެރެއިން، ބޯހިޔާވެހިކަން ކަށަވަރުކުރުމުގެ ސިޔާސާތާއި ގުޅޭ ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ. އެ ޕެނަަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ ގާކޮށި ފްލެޓް ސަރަހައްދުގައި ކަމަށް އެމްޑީޕީން ބުންޏެވެ.
މި ޕެނަލް ޑިސްކަޝަންގައި އެމްޑީޕީގެ ސިޔާސަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ހަމަޖެހިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ސަރުކާރުގެ ވަޒީރުން ކަމަށްވާ، ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި، އިކޮނޮޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން ބުނީ، ޕެނަލް ކުރިއަށްދާއިރު، ސިޔާސަތާއި ގުޅެގޮތުން ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.
#Agenda19 Panel Discussion
— MDP Secretariat (@MDPSecretariat) March 15, 2019
“Fahuruveri Aailaa"
Mirey (15/3) 10:00 gai
Male’ Gaakoshi Flat Sarahadhdhugai
Panelistun:
Raees @MohamedNasheed ,
Minister Uz @faya_i adhi @AslamAslamtey.
Hurihaa beyfulhunves vadaigendhevvun edhen. pic.twitter.com/LaCgKAPYLd
އެމްޑީޕީ ބުނީ، އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ގޮތުގައި ރާއްޖޭގައި 40،000 ބޯހިޔާވެހިކަން އުފައްދަންޖެހޭ ކަމަށެވެ. އަދި އެ ކަންކަން އިތުރަށް ދެނެގަތުމަށް ސަރުކާރުން އަވަސް ފުރުސަތެއްގެ ތެރޭގައި ދިރާސާއެއް ހިންގުމަށް ޤާނޫނުގައި ލާޒިމުކުރުވޭނެ ކަމަށް ސިޔާސަތުގައިވެއެވެ.
ރާއްޖޭގެ ރަށްތަކުގަ އާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ބޯހިޔާވެހިކަން އުފައްދާނެ ގޮތްތަކާއި އެ ބޯހިޔާވެހިކަން ޙައްޤުވާ ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ޤާނޫނުން ކަނޑައެޅޭނެކަމަށް އެ ކަރުދާހުގައި ބުނެފައިވާއިރު، ވަކި ރަށެއް ނުވަތަ ތަނަކަށް ހިޖުރަކުރުން މަޖުބޫރުކުރާކުރުން ޤާނޫނުން މަނާކުރެވޭނެކަމަށް ކަރުދާހުގައި ބުނެފަައިވެއެވެ.
އޭގެއިތުރުން މާލެއާއި ވިލިގިއްޔާއި އަދި ވިލިގިއްޔާއި، ގުޅީފަޅު، އަދި ގުޅީފަޅާއި، ތިލަފުށި ގުޅުވާލާ މަގުގެ މަސައްކަތާއި، ގުޅީފަޅު އަދި ތިލަފުށީ ފަޅުން ނުހިއްކިވާ ސަރަޙައްދު ހިއްކުމުގެ މަސައްކަތުގެ އެންމެހައި އިލްމީ އަދި ފަންނީ ޑިޒައިންތަކާއި ކުރެހުންތައް، ހިސާބުތަކާއި މުތޯލިޔާތައް އެކުލަވާލުމާއި، އަދި އެ ޑިޒައިންތަކާއި ކުރެހުންތަކާއި، ހިސާބުތަކާއި މުތާލިޔާތަކާއި އެއްގޮތަށް މަސައްކަތް ޓެންޑަރކުރުމާއި، އެ ޓެންޑަރ ކާމިޔާބުކުރާ ފަރާތްތަކަށް ކޮންޓްރެކްޓް ހަވާލުކުރާނޭ އުސޫލުތައް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ކަނޑައެޅޭނެކަމަށް ކަރުދާހުގައި ބުނެފައިވެއެވެ.