ކ. މާލެ
|
13 މާރޗް 2019 | ބުދަ 16:41
ކޮންމެ ރީލޯޑް އަކާއި އެކު 20% އިތުރު ކްރެޑިޓް
ކޮންމެ ރީލޯޑް އަކާއި އެކު 20% އިތުރު ކްރެޑިޓް
ދިރާގު
ދިރާގު ޕޭ
ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ރީލޯޑް އަކާ އެކު 20 އިންސައްތަ އިތުރު ކްރެޑިޓް!
މި ޕްރޮމޯޝަން ކުރިއަށްދާނީ 10 ޖޫންގެ ނިޔަލަށް

ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި، ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20 އިންސައްތަ އިތުރު ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ޕޭ އެޕް ނުވަނަ ޔޫ.އެސް.އެސް.ޑީ ބޭނުން ކުރައްވައިގެން ރީލޯޑް ކުރައްވާ ކޮންމެ ޕްރީޕެއިޑް ކަސްޓަމަރަކަށްވެސް 20 އިންސައްތަ އިތުރަށް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާރޗް 13އިން ފެށިގެން 10 ޖޫން 2019 ގެ ނިޔަލަށެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.

ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.

ދިރާގުން ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ.

މިގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެއެވެ.

- ކޮމެންޓް