އއ. އުކުޅަހަކީ ދުވާލަކު އެއް މިލިއަށްވުރެ ގިނަ ރުފިޔާ ނަގާ ރަށެއް ކަމަށް ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެއެވެ.
ޝިޔާން ވިދާޅުވީ އަރިއަތޮޅަކީ އަބަދުވެސް ވަކި ހަމަތަކެއް ގަބޫލުކޮށް އަމިއްލައަށް ހަލާލު ގޮތުގައި މަސައްކަތްކޮށް ދިރިއުޅޭ ރަށެއްކަމަށެވެ. ދެހާސްއަށް ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ގެސްޓު ހައުސް ވިޔަފާރި ތައާރަފް ކުރުމާއެކު އުކުޅަހުގައި ގެސްޓްހައުސް ވިޔަފާރި ތިޔާގި ވެފައިވާ ކަމަށާއި ފައިދާ އެއް މިލިއަން ރުފިޔާ ދުވާލެއްގެ މައްޗަށް ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާން ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ކުރެއްވި ތާއީދު މި ދައުރު ނިމެންދެން ކުރަން ޖެހޭ ކަމަށާއި މި ވެރިކަން ދެމެހެއްޓޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށެވެ.
އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަލާ އެޖެންޑާ 19 އަކީ ރަށްރަށުގައި އުޅޭ ކޮންމެ ފަރާތަކަށްވެސް މުހިއްމު އެޖެންޑާއެއްކަމަށް ކަމަށާއި މަޖިލީހަށް ނިކުމެ ހުންނެވީ ރާއްޖޭއިން ކަރަޕްޝަން ނައްތާލުމަށް ކަމަށް ވިދާޅުވިއެވެ.
" އެޖެންޑާ19 ޔަގީން ކޯށްދެނީ ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތު ކުރޭނެކަމަށް.19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނިކުނެ ތިބީ ރާއްޖެއިން ކަރަޕްޝަން ފޮހެލުމަށް. " ޝިޔާން ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އުކުޅަހަށް ވަޑައިގެންނެވީ ޝިޔާންގެ ކެންޕެއިނަށް ކަމަށެވެ. އަދި އެރަށުގައި 442 ޓުއަރިސްޓް އެނދާއި 31 ގެސްޓް ހައުސް ހުރުމުން ދައުލަތަށް ދައްކާ ޓެކްސް އިތުރު ވެފައިވާ ކަމަށެވެ. އަދި ސަރުކާރުން އުކުޅަހަށް ކުރާ ޚަރަދަށްވުރެ އެރަށުން ސަރުކާރަށް ދައްކާ ފައިސާ އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އާދައިގެ ރިސޯޓްތަކަށްވުރެ މިރަށުން ލިބޭ ފައިސާ މިވަނީ އިތުރުވެފައި. ސަރުކާރަށް ދައްކާ ޓެކްސް ގިނަ ވެއްޖެ ދައުލަތުން މިރަށްށް ކުރާ ހޭދައަށްވުރެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އއ އަތޮޅުގެ މަތިވެރި ދާއިރާއާއި ތޮއްޑޫ ދާއިރާގެ މަޖިލީސް ގޮނޑި އެމްޑީޕީއަށް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި އެމްޑީޕީއިން 86 ދާއިރާއަކަށް ވާދަކުރެއެވެ.