ޏ. އަތޮޅު ފުވައްމުލަކު ކުނި ގޮނޑުގައި ރޯވެ އަދަމުން އެބަދޭއެވެ.
އެމްއެންޑީއެފް އިން ބުނީ އެރަށު ފުނާޑު އަވަށުގައި އޮންނަ ކުނިގޮނޑު ގައި ރޯވި ކަމުގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 09:48 ހާއިރު ކަމަށެވެ.
އަލިފާން ނިންވުމުގެ މަސައްކަތުގައި ފަޔާމަނުން ހަރައްކާތެރިވަމުންދާއިރު އަލިފާން ރޯވަން ދިމާވި ސަބަބު ބަލަމުންދާ ކަމަށް އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުވައްމުލަކު ކުނިގޮނޑަށް ގިނަ ކުނިތަކެއް ޖަމާކޮށްފައިވާއިރއެ ކުނިތައް ނައްތާލުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް އެރަށު މީހުން ބުނެއެވެ. އަދި ބައެއް ފަރާތްތަކުން ރިސޯޓުތައް ހެދުމުގެ މަސައްކަތް ކޮންޓްރެކްޓް އަށް ނެގުމަށް ފަހު އެ ރަށަށް ކުނި ޖަމާކުރާތީވެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.