މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ބަދްލާ" ރިލީޒް ކުރިތާ ތިން ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ވަނީ 23 ކްޜޯޑް ރުޕީސް ލިބިފައެވެ.
އަމީތާބް ބަޗަން އާއި ތާޕްސީ ޕަންނޫ ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5.04 ކްރޯޑް ރުޕީސް އެވެ. އަދި ފުރަތަމަ ހަފްތާ ބަންދުގެ ހޮނިހިރު ދުވަހު 8.55 ކްރޯޑް ރުޕީސް ލިބިފައިވާއިރު އާދިއްތަ ދުވަހު ބޮކްސް އޮފީސް އާމްދަނީގެ ގޮތުގައި ވަނީ 9.61 ކްޜޯޑް ރުޕީސް ލިބިފައެވެ.
މި ފިލްމުގައި ދައްކުވައިދެނީ ނައިނާ (ތާފްސީ ޕަންނޫ) ގެ ހަޔާތުގައި އޭނާއަށް ކުރިމަތިވާ އެކި ކަންތައްތަކާއި އަދި ބްލެކް މެއިލްކުރުމުގެ ސަބަބުން އޭނާ ތަހައްމަލު ކުރަމުންދާ ކަންކަމެވެ. އަދި މި ފިލްމްގެ މުޅި ވާހަކަ އެހެން ގޮތަކަށް ބަދަލުވެގެންދަނީ އޭނާ ރައްޓެހިވެގެން އުޅުނު ފިރިހެން ކުއްޖާ މަރާލުމާއި ގުޅިގެން އެކަމުގައި އޭނާ ކުށްވެރިއަކަށް ވެގެންދާ ހިސާބުންނެވެ.
އަމީތާބް އާއި ތާޕްސީ އެކުގައި ވަނީ މީގެ ކުރިން 2016 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ޕިންކް" އިން ފެނިގެން ގޮސްފައެވެ.