ކ. މާލެ
|
11 މާރޗް 2019 | ހޯމަ 15:26
އެސްޓީއޯ ރަމަޝާން ބާޒާރު
އެސްޓީއޯ ރަމަޝާން ބާޒާރު
ރާއްޖެއެމްވީ
އެސްޓީއޯ ރަމަޟާން ބާޒާރު
އެއް މިލިއަން ރުފިޔާގެ އަގުހުރި އިނާމްތަކާ އެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި
ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ
މިޕްރޮމޯޝަން ކުރިއަށްދާނީ 16މެއިގެ ނިޔަލަށް

އެއް މިލިއަން ރުފިޔާގެ އަގުހުރި އިނާމްތަކާ އެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ދިމާކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ އިތުރުން އަތޮޅު ތެރޭގައި ހުރި އެސްޓީއޯގެ ހުރިހާ ފިހާރައަކުން ވެސް ކުރިއަށްދާނެއެވެ.

މި ޕްރޮމޯޝަނާ ގުޅޭ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާކުރަމުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ސީނިއަރ މެނޭޖަރ އައިމިނަތު ޝުރުފާ ވިދާޅުވީ އެއް މިލިއަން ރުފިޔާގެ އަގު ހުރި އިނާމްތަކެއް ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރުންނަށް ދޫކޮށްލާނެ ކަމަށާއި، އޭގެ ތެރޭގައި މުދާ ބައްލަވައިގަތުމުން ވަގުތުން އިނާމް ލިބުމާއި، އަދި ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒްގެ ގޮތުގައި ތިން ފަރާތެއް ހޮވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޝުރުފާ ވިދާޅުވިއެވެ.

އެގޮތުން އެއްވަނަ ފަރާތްކަށް 80،000 (އަށްޑިހަ ހާސް) ރުފިޔާގެ އިނާމް، ދެވަނައަށް އަންނަ ފަރާތަކަށް 40،000 (ސާޅީސް ހާސް) ރުފިޔާގެ އިނާމް، އަދި ތިން ވަނައަށްދާ ފަރާތަކަށް 20،000 (ވިހި ހާސް) ރުފިޔާގެ އިނާމް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.  

މީގެ އިތުރުން ހިޓާޗީގެ ޕްރޮޑަކްޓް އަދި މަކިޓާގެ ޕްރޮޑަކްޓް ބައްލަވައިގަތުމުން ވަގުތުން ލިބޭ އިނާމްތައް ހުންނާނެ ކަމަށް ވެސް ޝުރުފާ ވިދާޅުވިއެވެ. އަދި ކޮންމެ 500 ރުފިޔާއަކަށް ވިޔަފާރި ކުރައްވާ ފަރާތްތަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އެކި ޕްރޮޑަކްޓްތަކުން 30 އިންސައްތައާ ހަމަ އަށް ވެސް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ އާއި ހުޅުމާލެއަށް ހިޓާޗީ ރެޖްރޭޓަރ އަދި ދޮންނަ މެޝިން އަދި ހިޓާޗީ އެއަރ ކަންޑިޝަންއާއި އެކު ފްރީ އިންސްޓޮލޭޝަން ވެސް ލިބޭނެ ކަމަށް ޝުރުފާ ވިދާޅުވިއެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ 10 މާރޗްއިން ފެށިގެން 16 މެއިގެ ނިޔަލަށެވެ.

- ކޮމެންޓް