އިންތިހާބަށް އިއުލާނު ކުރުމަށް ފަހު އިންތިހާބުތަކާ ގުޅުންހުރި ޤާނޫނުތަކަށް ބަދަލުގެނައުމާ މެދު އިލެކެޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހޯމަ ދުވަހު އަކުރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބަށް އިއުލާނު ކުރުމަށް ފަހު އިންތިހާބާ ގުޅޭ އެކި ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލުގެނައުން ހުއްޓާލަންޖެހޭ ކަމަށާއި، އެހެން ނޫން ނަމަ އިންތިހާބުތައް ހާރާބުވެދާނެ ކަމަށެވެ.
Inthihaabah iulaan kurumuge fahun, inthihaabaai gulhun huri gaanoonu thakaai gavaaidhu thakah badhalu genaun huttanjehey, ehen noonee inthihaabuthah haraabuve hingaidhaane.
— Ahmed Akram (@akram4535) March 11, 2019
އަކުރަމް އެހެން ވިދާޅުވެފައިވާއިރު، ސުޕްރީމް ކޯޓުން ޕްރައިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރެވޭނެ ގޮތް ހަދައި، މި މަހު 4 ވަނަ ދުވަހާ ހަމައަށް އެ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އިލެކްޝަނުން އޭރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ބަލިވި ފަރާތްތަކުން ވާދަ ނުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެގޮތަށް ވާދަކޮށްފި ނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.
އިންތިހާބާ ގާތްވެފައި ވަނިކޮށް ސުޕްރީމް ކޯޓުން އިންތިހާބާ ގުޅޭ ގޮތުން އެފަދަ ހުކުމެއް ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.