މާލޭގެ އިމާރާތަކުން ވެއްޓި 97 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ، އެމީހާ މަރުވި ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު ކަމަށެވެ. އަދި އޭނާ ވެއްޓުނީ އިމާރާތުގެ ހަވަނަ ބުރިން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމީހާ އައިޖީއެމްއެޗް އަށް ގެންދެވުނުއިރު ވަނީ މަރުވެފައެވެ.
އެކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތެެއް ފުލުހުން ހާމައެއް ނުކުރެއެވެ.