ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ އައިމިނަތު ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އިބްރާހިމް ފަޒީލް ވެސް ހިމެނެއެވެ. އޭނާއަކީ ޝިމާ ގޮވައިގެން ޑިންގީގައި ދަތުރުކުރި މީހާއެވެ.
ފަޒީލާއި ޝިމާ ދަތުކުރު ޑިންގީ ބަންޑުން ޖަހާލައިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ހާދިސާގައި ފަޒީލް، ފަތާފައި ސަލަމަތްވިއިރު، އަދިވެސް ޝިމާ ފެނިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ސިމާގެ ކޮއްކޮ ގެވައިގެން ފިލަން އުޅުނު ތިން މީހުން ވެސް ތިބީ މޫނު ނިވާކޮށްގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލ. މާމެންދޫ އިން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ތިން މީހަކު ޑިންގީއެއްގައި ދަނިކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ސިކް ސެންސަސް ރިސޯޓް ސަރަހައްދުުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަކަމަށެވެ.