ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އަސްލު މެމްބަރަކު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭތަކަށް ވޯޓެއް ނުދޭނެ ކަމަށް އެ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި، އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކޯލިޝަން މިހާރު ނެތް ކަމަށް ބުނެ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހޮނިހިރު ދުވަހު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުން މިނިސްޓަރު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ކޯލިޝަނެއް ނެތް ކަމަށް އަބްދުއްރަހީމަށް ގަބޫލުކުރެވުނަސް ސަރުކާރު ކޯލިޝަން އުވިގެން ނުދާނެ ކަމަށެވެ.
Hon.Abdul Raheem @Banafsaa ah thiyagothah gaboolu kurevunas, insha'Allah, Sarukaaru Coalition uvigeneh nudhaane eve. Veehaalehgai vegenves insha'Allah Raees @ibusolih ge sharukaaru dhifaau kuraanameve. Aslu JP meehaku PPM/PNC akah voteh nudheyne igeythoa?https://t.co/RovNJcroUi
— Hussain R. Hassan (@DrHussainHassan) March 9, 2019
ހަމައެއާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދިފާއު ކުރައްވާނެ ކަމަށް ވެސް ޑރ. ހުސައިން ވިދާޅުވިއެވެ.
''އަސްލު ޖޭޕީ މީހަކު ޕީޕީއެމް/ޕީއެންސީ އަކަށް ވޯޓެއް ނުދޭނެ އިނގޭތޯ؟'' ޖޭޕީގެ ނައިބު ލީޑަރު ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓަރު އެހެން ވިދާޅުވެފައިވާއިރު، ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ނުކުންނަ 32 ކެންޑިޑޭޓަކަށް ތާއިދު ކުރަން ނިންމާފައިވާ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.