ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ފިންލެންޑްގެ ޔުނިވަރސިޓީ އޮފް ޔޫވެސްކީލާއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ފައިޞަލް ނަސީމް ފިންލަންޑްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހޮނިހިރު ދުވަހު އެ ޔުނިވަރސިޓީގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވިއެވެ.
ނާއިބުރައިސް ޔޫވެސްކީލާއަށް ކުރެއްވި މި ޒިޔާރަތުގައި، އެ ޔުނިވަރސިޓީ ބައްލަވާލައްވައި، އެތަނުގެ އެކިއެކި ވަސީލަތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ. އެގޮތުން، އެ ޔުނިވަރސިޓީ އިން ކިޔަވައިދިނުމުގައި ބޭނުންކުރަމުންދާ އުނގަންނައިދިނުމުގެ ވަސީލަތެއް ކަމަށްވާ އެޑިޔުކްލަސްޓަރއާ ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ.
ނާއިބުރައީސް ފިންލެންޑަށް ވަޑައިގަތީ ބާލިންގައި ކުރިއަށް ދާ އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.