Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 18:11
"ވިނަވި" ޕޯޓަލްގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
"ވިނަވި" ޕޯޓަލްގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސަން
އާސަންދައިގެ އާ ޕޯޓަލް
ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
މިހާތަނަށް އދ. ގެ 10 ރަށެއް ވަނީ މި ޕޯޓަލްގެ ތެރެއިން ގުޅާލެވިފައި
ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ތެރޭގައި އީ ޕޯޓަލް ބޭނުންކުރަން ފެށޭނެ

އިޖުތިމާޢީ އަދި ސިއްހީ އިންޝުއަރެންސްގެ ޤައުމީ ނިޒާމް ކަމަށްވާ އާސަންދައިން ދެމުން ގެންދާ ޚިދުމަތްތައް ކުރިއަށް ވުރެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އާ ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ.

"ވިނަވި" ގެ ނަމުގައި މި ތަޢާރަފު ކުރެވުނު އާ ޕޯޓަލްގެ ޚިދުމަތް އދ. އަތޮޅުގައި ފަށާފައިވާއިރު، މިހާތަނަށް އެއަތޮޅުގެ 10 ރަށެއް ވަނީ މި ޕޯޓަލްގެ ތެރެއިން ގުޅާލާފަފައެވެ. ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ތެރޭގައި އީ ޕޯޓަލް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ހުސައިން ޒާހިދު ވިދާޅުވިއެވެ.

އާސަންދައިން މީގެ ކުރިން ގެންގުޅެމުން އައި ޕޯޓަލްއަށް މި ގެނެވުނު ބަދަލާ އެކު ތަޢާރަފް ކުރި އާ ޚިދުމަތްތަކުގެ ތެރޭގައި ބަލި މީހާގެ ހުރިހާ މެޑިކަލް ހިސްޓްރީ ބަލާލެވުމާއި، ބަލިމީހާ ކުރިން ހޯދާފައިވާ ހުރިހާ ފަރުވާތަކެއްގެ ތަފްސީލު ޑޮކްޓަރުންނަށް ބަލާލެވުން ހިމެނެއެވެ.

މީގެ އިތުރުން، ޑޮކްޓަރުންނަށް އޮންލައިންކޮށް ބޭސް ފިހާރަތަކަށް ބޭސް ސިޓީ ފޮނުވުމާއި، ބަލިމީހާ އޭނާގެ އައިޑިކާޑު ދައްކާލުމުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހުން ފަދަ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލުމަށްޓަކައި، ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި އާސަންދައިގެ މުއައްޒަފުން އަންނަނީ ވިނަވީގެ ދަށުން ޚިދުމަތް ދިނުމުގެ ތަމްރީނުތައް ހަދަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް