ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 21:02
އަހުމަދު އަބްދުﷲ މާޒިޔާ ސްޕޯރޓްސްއަށް ސޮއި ކުރުމުގެ ތެރެއިން
އަހުމަދު އަބްދުﷲ މާޒިޔާ ސްޕޯރޓްސްއަށް ސޮއި ކުރުމުގެ ތެރެއިން
މާޒިޔާ ސްޕޯރޓްސް ކްލަބް
މާޒިޔާ ސްޕޯޓްސް
ލިލީ ވެސް މާޒިޔާއަށް
އަހުމަދު އަބްދުﷲ އަންނަނީ އޭނާގެ އުފަން ރަށް ޅ. ހިންނަވަރުގައި އަމިއްލަ ފުޓުބޯޅަ އެކަޑަމީއެއް ހިންގަމުން
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ގިނަ ކުޅުންތެރިންތަކެއް ދަނީ އެ ޓީމަށް ގެންނަމުން

ތަޖުރިބާކާރު ޑިފެންޑަރ އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާއަށް ސޮއިކޮށްފިއެވެ.

2009 ވަނަ އަހަރުން ފެށިގެން ހަ އަހަރު ނިއުއަށް ކުޅުމަށް ފަހު، ޓީސީ އަށް ވެސް އެއް އަހަރު ލީލީ ވަނީ ކުޅެފައެވެ. ޓީސީއަށް ކުޅުމަށް ފަހު އެނބުރި ނިއުއަށް އައިސް ނިމިގެންދިޔަ ސީޒަނުގައި ލިލީ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މީގެ ކުރިން ޤައުމީ ޓީމުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ ލިލީ އަންނަނީ އޭނާގެ އުފަން ރަށް ޅ. ހިންނަވަރުގައި އަމިއްލަ ފުޓުބޯޅަ އެކަޑަމީއެއް ހިންގަމުންނެވެ.

މާޒިޔާއިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ގިނަ ކުޅުންތެރިންތަކެއް ދަނީ އެ ޓީމަށް ގެންނަމުންނެވެ.

މާޒިޔާއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި ހުސެއިން ނިހާން (ނިހާޓް) ހިމެނެއެވެ.

ނިހާޓް އާއި ހަމްޕު އާއި އިއްބެގެ އިތުރުން ދެން އެންމެ އަވަހަށް މާޒިޔާއަށް ސޮއިކުރާނެ ކަމަށް ބެލެވެނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް