މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑް އެ އިދާރާއިން ބަލައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެގޮތަށް ހަމަޖެއްސީ އެމްއެންޑީއެފްގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށެވެ. އެގޮތުން މީގެފަހުން އެ އިދާރާގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ފޯމު ފުރިހަމަ ކުރުމަށް ހަމަޖެހިފައިވަނީ އެ އިދާރާއިންކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް މިހާރު ފުރުސަތު ހުޅުވާލާފައި ވާއިރު ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ މާރިޗު 31 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާ މީހަކީ އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވާންޖެހެ އެވެ. އަދި ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައިވެގެން ނުވާނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އުމުރުފުރާ ބަލާ ތާރީހަކީ 1 އޭޕްރީލްް 2019 އިން ފެށިގެންކަމަށް އިއުލާންގައި ބުނެފައިވެއެވެ.
ސިފައިންގެ ވަޒީފާއަށް ހުޅުވާލައިފައިވާ ދާއިރާތައް:
- މެރިންކޯރ
- ސްޕެޝަލް ފޯސަސް
- ފަޔަރ އެންޑް ރެސްކިއު ސަރވިސް
- ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
- ކޯސްޓްގާރޑް
- މިލިޓަރީ ޕޮލިސް
- މެޑިކަލް ސަރވިސް
- މިލިޓަރީ އިންޖީނިއަރސް
- އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް
- ސަޕޯޓް ސަރވިސް