Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 17:04
ގަމަނަފުށީ ކައުންސިލް - މާލީ ބަޔާންތައް ހުށަހަޅާފައެއް ނުވޭ
ގަމަނަފުށީ ކައުންސިލް - މާލީ ބަޔާންތައް ހުށަހަޅާފައެއް ނުވޭ
ފޭސްބުކް
ގެމަނަފުށީ އޮޑިޓް
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
ގެމަނަފުށީ ކައުންސިލުން 2015 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމަށްޓަކައި ހުށަހަޅާފައެއް ނުވޭ
އާމްދަނީގެ ގޮތުގައި ލިބުނު ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމަށްޓަކައި ފޮނުވާފައެއް ނުވޭ
ކައުންސިލްގެ އެއްވެސް މެމްބަރަކު މާލީ ބަޔާން ހުށަހަޅާފައެއް ނުވޭ

ގއ. ގެމަނަފުށީ ކައުންސިލް އިދާރާއިން 2015 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޓިޑް ކުރުމަށްޓަކައި ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އޮޑިޓް އޮފީހަށް ހުށަނޭޅުމުގެ ސަބަބުން، އެ އިދާރާގެ ފައިސާގެ ކަންކަން ހިނގާފައިވާ ގޮތް އޮޑިޓް ކުރެވޭ ގޮތް ނުވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މާލީ ބަޔާންތައް އެ އިދާރާއިން ހުށަހަޅާފައި ނުވުމާއެކު އެ މާލީ ބަޔާންތައް އޮޑިޓް ކުރުމުގެ ބަދަލުގައި ހަދާފައިވަނީ ކޮމްޕްލަޔަންސް އޮޑިޓެއް ކަމުގައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބުނާ ގޮތުން ގެމަނަފުށީ ކައުންސިލް އިދާރާއިން މާލީ ބަޔާން އެކުލަވާލާ އޮޑިޓް ކުރުމަށް ހުށަހެޅުމަކީ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތެއް ކަމުގައެވެ. އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައިވަނީ މިކަން މިހެން އޮތް ނަމަވެސް ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި، އިދާރާގައި ހިނގި ކަންތައްތަކުގެ ރިޕޯޓް ހިމަނައިގެން، އަހަރީ ރިޕޯޓެއް ތައްޔާރުކޮށް ގާނޫނުގައި ބުނާ މުއްދަތުގައި އޮޑިޓް ކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކައުންސިލް އިދާރާއަށް ލިބޭ ދައުލަތުގެ އާމްދަނީ ފައިސާ ދައުލަތުގެ ކޮންސޮލިޑޭޓެޑް އެކައުންޓަށް ޖަމާ ކުރުމަށް ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ އިދާރާއިން ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާގެ ތެރެއިން ތިރީސް ފަސްހާސް ފަނަރަ ރުފިޔާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވއިދާއި އެއްގޮތްވާ ގޮތުގެ މަތިން އެ މުއައްސަސާތަކުގެ އާމްދަނީގެ ގޮތުގައި ޖަމާ ނުކޮށް ބަހައްޓާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ލާމަރުކަޒީ ގާނޫގެ 124 ވަނަ މާއްދާގައި، ކައުންސިލަށް ހޮވޭ ކޮންމެ މެމްބަރަކު އިންތިޚާބު ވުމާއެކު އެ މެމްބަރެއްގެ ފައިސާއާއި ވިޔަފާރީގެ މައުލޫމާތު އަދި އާމްދަނީ އާއި އާމްދަނީ ލިބޭ ގޮތްތަކާއި ވިޔަފާރިއާ ގުޅުންތަކާ ބެހޭ މައުލޫމާތު ލިޔުމަކުން ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް ކައުންސިލްގެ އެއްވެސް މެމްބަރަކު އެ މައުލޫމާތު ލިޔުމުން ހުށަހަޅާފައި ނުވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
20 ފެބްރުއަރީ 2017 | ހޯމަ 14:01
އަލީ މުގާބޭ
ޝުކުރިއްޔާ ޖަމީލް އުސްމާން އަދި ރައީސް ޔާމީން