Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 16:52
ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދިނުމުގެ ލިޔުމުގައި ސޮއިކުރަނީ
ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދިނުމުގެ ލިޔުމުގައި ސޮއިކުރަނީ
މުހައްމަދު ޝަރުހާން
ކެއާ ސޮސައިޓީ
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
މިއީ ކެއަރ ސޮސައިޓީގެ މަޤުސަދު ހާސިލުކުރުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް

ސްޓެލްކޯގެ ފަރާތުން ކެއަރ ސޮސައިޓީއަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޓީޗަރަކު ހަޖައްސައިދީފިއެވެ.

ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހޯމަ ދުވަހު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޢަބްދުއްޝުކޫރު ޞާލިޙްއެވެ. ކެއަރ ސޮސައިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޖަމިއްޔާގެ މެނޭޖިން ޑިރެކްޓަރު ނައުޝާން މުހައިމިނެވެ.

މި ލިޔުން ހަވާލުކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރު ޢަބްދުލް ޙަމީދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯގެ ފަރާތުން މި ދިން އެހީއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމަޢުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އެ ޖަމިއްޔާ އިން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

މީގެ އިތުރުން ކެއަރ ސޮސައިޓީގެ ފަރާތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމުގައި މުޖުތަމަޢުގެ ފަރާތުން ލިބޭ އެހީތެރިކަމަށް ވަރަށް ބޮޑުކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް