ނައިބު ރައީސް ފައިސަލް ނަސީމް ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ބުރާސްފަތި ދުވަހު ޒިޔާރަތް ކުރައްވައިފިއެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި ދިވެހިރާއްޖެއިން ޖަރުމަން ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފުއާ ބައްދަލު ކުރައްވާ މަޝްވަރާތައް ވަނީ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ޖަރުމަންވިލާތުގެ ޓެކްނިކަލް އެހީތެރިކަން ހޯދުމާއި އެކަމަށް އެ ޤައުމުގެ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް މަޝްވަރާތައް ކުރައްވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެމްބަސީއަށް ޒިޔާރަތްކުރެއްވުމަށްފަހު ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ޖަރުމަންވިލާތުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. އަދި އެ ޤައުމުން ދަސްކުރެވޭނެ ބައިވަރުކަންތައް އެބަހުރި ކަމަށެވެ.
އެމްބަސީއަށް ނައިބު ރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޒިޔާރަތަށްފަހު ނައިބު ރައީސް ވަނީ ބްރިޑެން ބާޑާ ގޭޓަށް ޒިޔާރަތް ކުރައްވާ އެ ސަރަހައްދު ބައްލަވާލައްވާފައެވެ.