Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 16:46
ކުރީގެ ރައީސް މުހައްމަދު ނަޝީދު --
ކުރީގެ ރައީސް މުހައްމަދު ނަޝީދު --
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
ރާއްޖޭގައި މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުމުގައި އިންޑިއާއަށް އިސްދައުރެއް އަދާކުރެވޭނެ
މިނިވަން އިންތިހާބެއް ރާއްޖޭގައި ބޭއްވޭނެކަމާއި މެދު ޝައްކު އުފެދިފައިވޭ

ރާއްޖޭގައި މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުމުގައި އިންޑިއާއަށް އިސްދައުރެއް އަދާކުރެވޭނެ ކަމަށާއި އެކަން ކުރުމަކީ އިންޑިއާއަށް ފަރުދީ ހައިސިއްޔަތުން އޮތް ޒިންމާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިނިވަން އިންތިހާބެއް ރާއްޖޭގައި ބޭއްވޭނެކަމާމެދު ޝައްކު އުފެދިފައިވާ ކަމަށެވެ. މިހާލަތުގައި، ރާއްޖޭގައި މިނިވަން އިންތިހާބެެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ ކަމަށާއި އެކަމަށް ބޭނުންވާ ކަންކަން ލެވެރޭޖް ކުރެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ރާއްޖޭގައި މިނިވަން އިންތިހާބެއް ބާއްވަން އިންޑިއާއަށް ބާރު އެޅޭނެކަމަށް. އެއީ އިންޑިއާއަށް އޮތް ފަރުދީ ޒިންމާއެއް. އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އިންޑިއާއަށް އެޅޭނެ. އަޅުގަނޑަށް ޔަގީން އިންޑިއާއަށް އެކަން ވާނެ ކަން،" ކުރީގެ ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލެއް ޓައިމްސް އޮފް އިންޑިއާއަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މި ސަރަަހައްދުގައި އިންޑިއާއިން އަދާކުރި އިސް ދައުރު ދޫކޮށްލާނަމަ، މި ސަރަހައްދުގައި ޗައިނާ އިން ފަތުރަމުންގެންދާ ނުފޫޒާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި، ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް ޔާމީންގެ ސަރުކާރުން ފުރުސަތު ދިނުން އެކަށީގެންނުވާ ކަމަށާއި އެކަން ހުއްޓުވުމަށް އިންޑިއާ އާއި އެހެން ގައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "އިންޑިއާ ފަސްޓް" ޕޮލިސީ އެއް ގެންގުޅޭކަމަށް ވިދާޅުވި ނަަމަވެސް، މިހާތަނަށް ފެނިގެންދަނީ ޗައިނާ ފަދަ ގައުމުތަކާއި އޮތް ގުޅުން ބަދަހިކުރައްވާ، ޗައިނާގެ ގިނަ ކުންފުނިތަކަށް ރާއްޖޭގެ ގިނަ މަޝްރޫއުތަކުން ފުރުސަތު ދެއްވަމުން ގެންދަވާ ތަނެވެ. މިކަމާއި މެދު އިންޑިއާއިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އެގޮތުން، ރާއްޖެއަކީ ސާކް ގައުމުތަކުގެ ތެރެއިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޒިޔާރާތްކޮށްފައިނުވާ ހަމައެކަނި ގައުމެވެ.

ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ރައީސް ނަޝީދު އިގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނަވާތާ މިހާރު އަހަރުވެފައިވާ އިރު، އެމަނިކުފާނު ވަނީ މިމަހު ސްރީލަންކާއަަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، އިދިކޮޅު އެމްއޯޔޫގެ އިތުރުން، ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ނަޝީދު ވަނީ ބައްދަލުކުރައްވާފަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމުގެ މަޤާމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލެއްވުމަށް ކޮންގްރެސް އިން ވަނީ ލަފާ އަރުވާފައިވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް