ޑައިމެންޑް ބެކް ސްކުއިޑްގެ (ތުތި ބޯވަދިލަމަސް) މަސްވެރިކަން ކުރުމަށް ލޯނު ދުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން ނިންމައިފިއެވެ.
އެގޮތުން ރާއްޖޭގެ މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް އެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި އާލާތްތައް މަސްވެރިންނަށް ހަވާލުކުރުމަށް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 10 މާރޗް 2019 ގައި ކަނޑުއޮތްގިރީގައެވެ.
ޑައިމެންޑް ބެކް ސްކުއިޑްގެ (ތުތި ބޯވަދިލަމަސް) މަސްވެރިކަން ދިވެހި ރާއްޖެ އަށް ތަޢާރަފްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއްގެ ތެތޭގައި ހިމެނޭ ވައުދެކެވެ.